twitterviber whatsapp telegramfacebookyoutube instagram
29th July 2026

އުތުރުގެ މަސްވެރިކަން ކުރިއަރާފައިނުވަނީ މަސް ވިއްކޭނެ މަގެއް ނުދެއްކުމުން

އަބްދުލް ވާހިދު ޙަސަން
Dec 10, 2022

ރާއްޖޭގެ އުތުރުގެ މަސްވެރިކަން ކުރިއަރާފައިނުވަނީ މަސް ވިއްކޭނެ މަގެއް ދެއްކިފައިނެތުމުންކަމަށް ކުޅުދުއްފުށީ އުތުރު ދާއީރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ޔާސިރު މިއަދު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވަނީ، އުތުރުގެ މަސްވެރިކަން ކުރިނާރާ ވަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ނުދެއްކުމުން ކަމަށެވެ.

އަދި މާޒީގައި ތިއްބެވި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިގުތިސޯދީ ދޮރުތަކެއްގައި ޗޭނު ޖަހައިގެން ތިބެކަމަށް ޔާސިރު ލިޔުއްވާފައިވެ އެވެ.

"އުތުރުގެ މަސްވެރިކަން ކުރިނާރާ މިވަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ނުދެއްކުމުން. މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިގުތިސޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެ." ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި މަސްވެރި އާއިލާތަކަށް ފޮނުވާފަ އެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ޑިސެމްބަރުމަހުގެ ދިހަވަނަ ދުވަހެވެ. މިއަހަރު ރަސްމީކޮށް މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދަނީ ފަރެސްމާތޮޑާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355