twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރުން ޒުވާނުން ހޭލުންތެރި ކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

Jun 3, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރުން ކުޅުދުއްފުށީ ޒުވާނުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ވޯކްޝޮޕެއް  ބާއްވައިފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމަތު ދެއްވަމުން ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގެ ސޯޝަލް ސާވިސް އޮފިސަރ ނިއުޝާދު ވިދާޅުވީ “އެނގެމާ” ގެ ނަމުގައި ހިންގުނު މިވޯކްޝޮޕަކީ ހާއްސަކޮށް ކުޅުދުއްފުށީގެ ޒުވާނުންނަށް އަމާޒްކޮށްގެން ކުޅުދުއްފުށީގެ މުޖްތަމައުގައި ހިނގާ އެކިއެކި މައްސަލަ ތައް ހޯދާނީ ކިހެނެއްތޯއާއި އެކަންތައްތައް ހޯދާ ހައްލުކުރަން ހަދާނީ ކިހެނެއްކަން ބުނެދީ ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވުނު ވޯކްޝޮޕެއް ކަމަށެވެ.

މިވޯކްޝޮޕްގައި 8 ޓޮޕިކް ހިމެނޭ ގޮތަށް ސެޝަންތަކެއް ކުރިއަށް ގެންދިޔައެވެ. މިގޮތުން އާއިލީ ގުޅުން ބަދަހިކުރާނެ ގޮތްތަކާއި މީހުންނާއި މުއާމަލާތް ކުރާނެގޮތާއި މުޖްތަމައުގައި ދިމާވާ މައްސަލަތަކާއި ގެވެށި އަނިޔާތަކާއި އެއަނީޔާތަކުގެ ސަބަބުން ދިމާވާ މައްސަލަތަކާ އެކަމަށް ކަނޑައެޅިފައިވާ ގާނޫނުތައް ކިޔަވާދިނެވެ.

ދެ ޖިންސުން 26 ޒުވާނުން ބައިވެރިވި މިވޯކްޝޮޕް ކުރިއަށް ދިޔައީ މެއި 30 ން ޖޫން  2 އަށް ކުޅުދުއްފުށީގައި ހުންނަ އެސެންޓަރުގެ އިމާރާތުގައެވެ.

މިވޯކްޝޮޕް ކުރިއަށް ގެންދިއުމުގައި ކުޅުދުއްފުށީ ޒުވާނުންގެ ގުރޫޕެއްކަމުގައިވާ ކުޅުދުއްފުށީ ޔަންގު ޖަނަރޭޝަނުންނާއި ކެމްޕަހުގެ ފަރާތުން އެހީތެރިކަން ލިބިފައިވާކަމަށް ނިއުޝާދު ފާހަގަކުރެއްވިއެވެ. ރޭ ވަނީ މިކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފައެވެ. ސެޓްފިކެޓްތައް ބައްސަވައި ދެއްވީ ކުޅުދުއްފުށީ ކައުންސިލަރ ޖަމްޝީދު މުހައްމަދެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355