twitterviber whatsapp telegramfacebookyoutube instagram
5th October 2026

ހޮސްޕިޓަލަށް ގެންދިޔަ ފައިސަލްގެ ވިންދެއް ނެތް، އޮތީ ވެންޓިލޭޓަރުގައި

އަބްދުލް ވާހިދު ޙަސަން
Dec 13, 2022
13

ހދ ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު އެރަށު ހިތަށްފިނިވާގެ ނިޝާމާ މުހައްމަދު ގާތިލުކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ, އދ ފެންފުށީ، އަބޫބަކުރު ފައިސަލް (32އ) ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ ވިންދެއް ނެތްކަން ކޭއޯއަށް އެނގިއްޖެ އެވެ.

ނިޝާމާގެ މަރާލިކަމުގެ ތުހުމަތުގައި ފައިސަލް ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު ކުޅުދުއްފުށިންނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ރޭ ފައިސަލް ވަނީ ދަންޖެހިފަ އެވެ. ފައިސަލް ދަންޖެހިފައި ހުރީ އޭނާގެ ބަހައްޓާފައިހުރި ގޮޅި ތެރޭގައި އެވެ.

ރޭ 11:15 ހާއިރު އޭނާ ދަންޖެހިފައިހުއްޓާ ފުލުހުންނަށް ފެނިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. ކޭއޯއަށް އެނގިފައިވާގޮތުގައި ފައިސަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ ވިންދެއް ނެތެވެ. އެހެންވެ އޭނާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

ނިޝާމާ މަރަށް ފަހު ފައިސަލް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. ނިޝާމާ މަރުވެފައި އޮއްވައި ފެނުނުއިރު ޝައްކުވާ ފަދަ ޒަހަމްތަކެއް އޭނާގެ ކަރުގައި ހުރި ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން މައުލޫމާތުދެ އެވެ.

ނިޝާމާ މަރާލި ކަމަށް އޭނާއަށް ތުހުމަތުކުރަނީ އެ އާއިލާ އިންނެވެ. އެއީ އެންމެ ފަހުން ނިޝާމާއާ ބައްދަލުވި މީހަކީ ފައިސަލް ކަމަށްވުމާ ކުއްލިއަކަށް ރަށުން ފުރައިގެން ދިއުމެވެ. ނިޝާމާ އާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293