twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފައިސަލް ދަންޖެހުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން މަޖިލީހަށް

ނަބީލާ އިސްމާޢީލް
Dec 14, 2022
3

ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އދ. ފެންފުށީ، ރޯޒީވިލާ، އަބޫބަކުރު ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ނޮޅިވަރަމްގައި މިދިޔަ ހޮނިހިރު ދުވަހު މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރާއި ގުޅިގެން ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ފިރިމީހާ ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުމުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ނެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެފަދަ ނުރައްކާތެރި ކަމެއް ހިނގި އިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވިގޮތުގައި، ފައިސަލްގެ ކުށުގެ ރެކޯޑާއި ތުހުމަތު ކުރެވޭ ކަންކަމަށް ބަލާއިރު އެފަދަ މީހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ އަށް އަޅާފައިނުވާ ކަމަށެވެ. އޭގެ ސަބަބުން ފުލުހުންގެ އިތުބާރު ވެސް ކުޑަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މަރާލާފައިވާ މީހާގެ އާއިލާ އަށް އިންސާފު ލިބުމަށް ހުރަސް އެޅޭ ކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ފައިސަލް ދަންޖެހެން އުޅުން މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެއް ބުނެފަ އެއްނުވެ އެވެ. އޭނާ އެކަން ކުރީ ކިހިނެއް ކަމެއް އަދި ސަލާމަތްކުރީ ކިހާ އިރެއް ފަހުން ކަމެއް ވެސް ނުބުނެ އެވެ.

ފައިސަލް ދަންޖެހިފައި ހުއްޓާ ފެނިގެން ފުލުހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާގެ ހާލު ވަރަށް ސީރިޔަސް ކަމަށެވެ. އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ.

ފައިސަލް ދަން ޖެހުނީ އޭނާގެ ބަންދަށް 15 ދުވަސް ޖެހި ފަހުން އިއްޔެރޭގެ ވަގުތެއްގައެވެ. އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355