twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މިނިސްޓަރަށް ކުޅުދުއްފުށިން ފެނިވަޑައިގަތީ މުއައްސަސާތަކުގެ ބަދަހި ގުޅުން

އަބްދުލް ވާހިދު ޙަސަން
Dec 18, 2022
1

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ އެ މިނިސްޓްރީން ކުރިއަށްގެންދާ އިޖުތިމާއީ މަދަދުވެރިން (އިބަމަ) ހދ އަތޮޅުގައި ފެށުމުގެ ކުރިން މުހިއްމު މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށެވެ.

ހޮނިހިރު ދުވަހު މިނިސްޓަރާއެކު ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ޓީމުގައި އެ މިނިސްޓްރީގެ ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިފްހާމު ހުސެއިން އާއި ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޑރ އަބުދުލް މަލިކްގެ ބައިވެރިވެވަޑައިގެންނެވި އެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި މިނިސްޓަރުގެ ޓީމު ކުޅުދުއްފުށީގައި ހުރި މުހިންމު އިދާރާތަކާ ބައްދަލުކޮށް އިބަމަގެ އިތުރުން އިތުރުން މުހިންމު މަޝްވަރާތައްވެސް ކުރެއްވި އެވެ. އެގޮތުން މިނިސްޓަރ ބައްދަލުކުރެއްވީ ފުލުހުންނާއި ރީޖަނަލް ހޮސްޕިޓަލް، ސިޓީ ކައުންސިލް އަދި އަތޮޅު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އެވެ.

މި ބައްދަލުވުންތައް ނިންމާލެއްވުމަށްފަހު ކޭއޯއަށް މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ދެ ދުވަހުގެ ބައްދަލުވުންތަކުން ވަރަށް މުހިންމުކަމެއް ފާހަގަކުރެއްވިއްޖެ ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، މިރަށުގެ މުއައްސަސާތަކުގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮވެގެން އެކީގައި މަސައްކަތްކުރާކަން ފާހަގަކުރެވުނު ކަމަށެވެ.

" ވަރަށް ގާތްގުޅުމެއް އޮވެގެން ވަރަށް ބުރަ ކަންތައްތަކުގައިވެސް އެކީގައި މަސައްކަތްކުރައްވާކަން [މިރަށުގެ] މުއައްސަސާތަކުން. [ރާއްޖޭގެ] ހުރިހާ ހިސާބެއްގައި އަޅުގަނޑުމެންނަށް އެގޮތަކަށްނުއެއް ފެނޭ." ޖެންޑަރ މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އެފްސީއެސްސީ، ކޭއާރުއެޗާއި އަތޮޅު ކައުންސިލް އަދި ހާއްސަކޮށް ސިޓީ ކައުންސިލުން، އިޖުތިމާއީ ރައްކާތެރިކަމާއި އިޖުތިމާއީ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ރޫހެއް އެތަންތަނުގައި އޮތްކަން ފާހަގަވެގެންދިޔަކަމަށް މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގައިވެސް ރައްޔިތުންގެ ހިދުމަތްކުރުމުގައި މި އިދާރާތަކުން މުޅި ރާއްޖެއަށް ނަމޫނާ ދައްކާފައިވާކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355