twitterviber whatsapp telegramfacebookyoutube instagram
14th October 2025

އަނބިމީހާގެ މަރުގެ ތުހުމަތަށް ހައްޔަރުކުރި ފައިސަލް މަރުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Dec 19, 2022
1

ހދ ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު އެރަށު ހިތަށްފިނިވާގެ ނިޝާމާ މުހައްމަދު ގާތިލުކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ, އދ ފެންފުށީ، އަބޫބަކުރު ފައިސަލް (32އ) މަރުވެއްޖެ އެވެ.

ފައިސަލް މަރުވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާތާ ދުވަސްތަކެއްފަހުން މިއަދު ހެނދުނު 8:28 ގައި އެވެ. އެކަން ހޮސްޕިޓަލާއި ފުލުހުންވެސް މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހުނީ އޭނާ ހުރި ގޮޅީގައި މިމަހު 13 ވަނަ ދުވަހުގެ ރޭގަނޑު 11:15 ހާއިރު އެވެ. ކޭއޯއަށް އެނގިފައިވާގޮތުގައި އެ ގޮޅި ފުލުހުން ދިޔައީ ކޮންމެ ދިހަ މިނެޓަކުން ބަލަމުންނެވެ. އެހެންވުމުން އޭނާ ދަންޖެހުނުތާ ކުޑަ ވަގުތުކޮޅެއް ނުވަނީސް ފުލުހުންނަށް ވަނީ ސީންއަށް އެޓެންޑުވެ، ކޭއާރުއެޗު ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.

ފައިސަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވިންދު ނެތެވެ. އަދި އެމަޖެންސީގައި ފަރުވާ ފަށާ، ވިންދު އައުމުން އައިސީޔޫއަށް ބަދަލުކުރެވި ވެންޓިލޭޓަރަށް ވަނީ ލާފައެވެ. އޭނާ މަރުވިއިރުވެސް އޮތީ ވެންޓިލޭޓަރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355