twitterviber whatsapp telegramfacebookyoutube instagram
19th March 2026

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އަލުން ކަނޑައަޅައިފި

ނަބީލާ އިސްމާޢީލް
Dec 20, 2022

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.

މި ލިސްޓް މީގެކުރިން ވެސް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފަ އެވެ. އޭރު އެކަން ކުރެއްވީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން އަލުން މި ލިސްޓް އެކުލަވާލީ މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ އެއްވަނަ މާއްދާ އިން ފެށިގެން އަށްވަނަ މާއްދާއާ ހަމައަށް ހުރި މާއްދާތައް އުވިގެން ދިއުމާ ގުޅިގެންނެވެ.

ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީހުތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކަމުގައި ގަރާރުގައި ކަނޑައަޅުއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355