twitterviber whatsapp telegramfacebookyoutube instagram
2nd July 2026

ކުނި މެނޭޖްކުރުމަށް ޖަޕާން ސަރުކާރުން 80 މިލިއަން ރުފިޔާ ދެނީ

ނަބީލާ އިސްމާޢީލް
Dec 20, 2022

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކުނި މެނޭޖް މެނޭޖް ކުރަން ޖަޕާނު ސަރުކާރުން 5.4 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކައި ޝުންސޫކޭ އެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން ދެނީ 700 މިލިއަން ޔެން އެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 83 މިލިއަން ރުފިޔާ އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުނި އެއްކުރުމާއި ނައްތާލުމަށް ހަރަދު ކުރާނެ އެވެ. އަދި ރަށްރަށުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ވެހިކަލްތައް މި ހިލޭ އެހީގެ ދަށުން ފޯރު ކޮށްދޭނެ އެވެ. ޖަޕާނު ސަރުކާރުން މި ފައިސާ ދޫކުރާނީ ރާއްޖޭގައި އިގްތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނި މެނޭޖް ކުރުމަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ މައްސަލަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355