twitterviber whatsapp telegramfacebookyoutube instagram
5th October 2026

އިންޑިއާ ރިހެބެއްގައި ހުރި ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ

ނަބީލާ އިސްމާޢީލް
Dec 20, 2022

އިންޑިއާގެ ބެންގަލޫރު ރިހެބިލިޓޭޝަން ސެންޓަރެއްގައި ހުރި ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުންދަނީ ބެންގަލޫރުގެ ބްލޮސަމްސް ކޮންވަލެސެންޓް ކެއަރ ޓްރަސް ރިހެބިލިޓޭޝަން ސެންޓަރަކުން ފަރުވާ ހޯދަމުން އަންނަ ކުޅުދުއްފުށި، ރެޑްކޯސްޓް އަބްދުﷲ އާލިމްއެވެ.

އާލިމްގެ ކޮއްކޮ އަހުމަދު އާޒިމް ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ބޭބޭ ގެއްލިގެން އުޅޭ ކަމަށް ރިހެބުން މައުލޫމާތު ދިނީ މި މަހު 9 ވީ ހުކުރު ދުވަހު ކަމަށެވެ.

އާޒިމް ބުނީ ބުރާސްފަތި ދުވަހު ހެނދުނު ބޭބެ ހިނގާލަން ނުކުމެފައި، އަނބުރާ ރިހެބިލިޓޭޝަން ސެންޓަރަށް ގޮސްފައި ނުވާކަމަށެވެ.

"އެގޮތަށް ހިނގާލަން ނުކުމެވޭ، އަދި އެ ގޮތަށް ނިކުތަސް މީގެ ކުރިން ހަމަ ގަޑިއަށް އާދޭ. ހިނގާލަން ނުކުމެފަ އިރުއޮށްސެންވާއިރަށް އަނބުރާ އަންނަން ޖެހޭ ގޮތަށް އިންނަނީ. ނަމަވެސް އެ ދުވަހު އަނބުރާ ނުއެއް އާދޭ." އާޒިމް ބުންޏެވެ.

އާޒިމް ބުނީ ރިހެބިލިޓޭޝަން ސެންޓަރުންނާއި، ބެންގަލޫރު ފުލުހުން އާލިމް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަދި މިހާތަނަށް ބޭބެގެ އެއްވެސް ހަބަރެއް ވެފައި ނުވާކަމަށެވެ.

އާލިމް ބްލޮސަމްސް ކޮންވަލެސެންޓް ކެއަރ ޓްރަސް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަތާ އަހަރެއްވެފައިވާއިރު އޭނާގެ އާއިލާއިން އެދެނީ ބެންގަލޫރުގައި އުޅޭ ދިވެހިންގެ އިތުރުން އެންމެހާ ފަރާތްތަކުގެ އެއްބާރުލުން އާލިމް ހޯދުމުގައި ފޯރުކޮށްދިނުމަށެވެ.

އާލިމްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ 9825544 ނަމްބަރ ފޯނަށް ނުވަތަ [email protected] މެއިލްއަށް ޚަބަރު ކޮށްދެއްވުމަށް އާޒިމް އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293