twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެމިލިއާނޯ މާޓިނޭޒްގެ އަމަލުތަކާ ގުޅިގެން ފްރާންސްގެ ޝަކުވާތަކެއް އާޖެންޓީނާގެ އެފްއޭއަށް

މުޙައްމަދު އަހުމަދު
Dec 24, 2022

ފްރާންސްގެ ބަލިކޮށް ވޯލްޑްކަޕްގެ ތަށި ހިއްލާލި އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް، ފްރާންސްގެ ޒުވާން ތަރި އެމްބާޕޭއަށް މަލާމަތްކޮށް އުފާފާޅުކުރުމުގެ ގޮތުން ހިންގި އަމަލުތަކުގެ ސަބަބުން ފްރެންޗް އެފްއޭއިން އޮފިޝަލްކޮށް ޝަކުވާ ހުށައަޅައިފި އެވެ.

ބުއެނޯސް އައިރޭސްގައި އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރިއިރު 30 އަހަރުގެ ކީޕަރުގެ ފަރާތުން ވަނީ ދަށު ދަރަޖައިގެ އަމަލުތަކެއް ފެނިގެންގޮސްފަ އެވެ. އެގޮތުން ބުދެއްގައި އެމްބާޕޭގެ މޫނު ތަތްކޮށްގެން ސެލެބްރޭޓްކޮށް މެޗަށްފަހު އާޖެންޓީނާގެ ޑްރެސިން ރޫމުގައި އެމްބާޕޭއަށް މަލާމާތްކުރުމަށް ހިނދުކޮޅެއްގެ ސުކޫތަށް ވެސް އޭނާ ގޮވި އެވެ.

އަދި ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަން އާދިލް ރާމީ ވަނީ މާޓިނޭޒް ފުޓްބޯޅައިގެ އެންމެ ނަފްރަތުކުރާ މީހާގެ ނަމުން ނަން ދީފަ އެވެ. ނަމަވެސް އެމިލިއާނޯ މާޓިނޭޒް އަންނަނީ އަލިފާންގަނޑު އިތުރަށް ބޮޑު ކުރަމުންނެވެ.

ފްރާންސް އެފްއޭގެ ރައީސް ނޮއެލް ލެ ގްރައެޓް ވަނީ ޝަކުވާތައް ބަޔާންކޮށް ރަސްމީ ސިޓީއެއް ލިޔެ އާޖެންޓީން އެފްއޭގެ ރައީސް ކުލައުޑިއޯ ޓަޕިއާއަށް އޭނާ މިކަމާ ދެކޭ ގޮތް ބެލުމަށް ފޮނުވާފަ އެވެ.

"މިހާރު މިދަނީ މާ މައްޗަށް. މާ ދުރަށް. އެމްބާޕޭގެ އަމަލުތައް ހުރީ ވަރަށް ރަނގަޅަށް." ނޮއެލް ލެ ގްރައެޓް ބުނެފައިވެ އެވެ. އެމްބާޕޭއަށް މަލާމާތްކުރުމުގެ އިތުރުން މާޓިނޭޒް ވަނީ ގޯލްޑަން ގްލޯވް އެވޯޑާއެކު ބޭއަދަބީ ގޮތަކަށް އަމަލުކޮށްފަ އެވެ. އަދި އެކަމާވެސް އޭނާ ފާޑުކިޔުން ރައްދުވަމުން އަންނައިރު މާޓިނޭޒް ބުނީ އެއަމަލު ހިންގީ ފްރާންސުން އޭނާއާ އާޖެންޓީނާއަށް މެޗު ހިނގި ވަގުތު އެގައުމުގެ ފޭނުންނަށް ގޮވި އެއްޗެހިން ކަމަށް ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355