twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ކުޅުދުއްފުށީގައި ފަށައިފި

ނަބީލާ އިސްމާޢީލް
Dec 24, 2022
1

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބާއްވާ 6 ވަނަ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް" ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފި އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އަރިހުގައި މިނިސްޓަރ ޑރ. އާއިޝަތު އަލީ އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކުޅުދުއްފުށީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ މިކޮންފަރެންސްގެ ހަވަނަ އެޑިޝަން މިއަދާއި މާދަމާ ކުރިއަށްދާނީ ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވާސިޓީގައި އެވެ.

މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސްއެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައި ވަނީ 2019 ވަނަ އަހަރު، އައްޑޫ ސިޓީގައެވެ.

މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި އިލްމީ، މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. ރާއްޖޭން ބޭރުން ޓީޗަރުންނާއި އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އާއި ތުރުކީވިލާތް ހިމެނެއެވެ.

6 ވަނަ "އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް" ގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ އިލްމީ 43 ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން 4 ވޯކްޝޮޕް ކުރިއަށް ދާނެއެވެ. އަދި ތައުލީމީ ދާއިރާއަށް ވަރަށް މުހިއްމު ދެ ޕެނަލް ޑިސްކަޝަންވެސް އޮންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355