twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ބުރާސްފަތި ދުވަހު ބެންކުތައް ބަންދުވާނެ

Dec 25, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ދުވަހަށް ބަންދުކުރަން ނިންމައިފި އެވެ.

މިމަހުގެ 29 ވަނަ ދުވަހު ބޭންކުތައް ބަންދުކުރާއިރު ދެން ބޭންކުތައް ހުޅުވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ. މި މުއްދަތުގައި ބޭންކް އޮފް މޯލްޑިވްސްއާއި އަދި އިސްލާމިކް ބޭންކުވެސް ބަންދުވާނެއެވެ.

ބުރާސްފަތި ދުވަހު ބީއެމްއެލްގެ ބްރާންޗުތައް ބަންދު ކުރި ނަމަވެސް އޭޓީއެމް އާއި އޮންލައިން ކޮށް މޮބައިލް އެޕްލިކޭޝަން އާއި އިންޓަނެޓު ބެންކިން މެދުވެރިކޮށް ބީއެމްއެލްގެ ހިދުމަތްތައް ލިބޭނެ އެވެ.

ރާއްޖޭގައި 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗު އަދި 82 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 140 އޭޓީއެމް ހުރެއެވެ.

ކޮންމެ އަހަރެއްގެ ނިމުމާއިއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެމްބަރުމަހުގެ ފަހު ހަފްތާގައި ބޭންކުތައް ބަންދުކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293