twitterviber whatsapp telegramfacebookyoutube instagram
13th February 2026

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

ނަބީލާ އިސްމާޢީލް
Dec 26, 2022
3

މިދިޔަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ފެށި 6 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރަންސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދެވެ.

މި މަހު 24 ން 25 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި މި ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ އިލްމީ 43 ދިރާސާ ކަރުދާސް ހުށަހަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން 4 ވޯކްޝޮޕެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސްއެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައި ވަނީ 2019 ވަނަ އަހަރު އައްޑޫ ސިޓީގައެވެ.

މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި އިލްމީ، މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

މި ކޮންފަރެންސް ނިންމުމުގެ ގޮތުން ރޭވަނީ ކުޅުދުއްފުށީ ރަށްމަތިފަންނުގައި ސަގާފީ ކުޅިވަރާއިއެކު ގާލާ ޑިނާއެއް ބާއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355