twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މާޓިނޭޒްގެ އަމަލުތަކާ ހެދި އާދިލް ރާމީއާއި ޑި މާރިއާގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް!

މުޙައްމަދު އަހުމަދު
Dec 29, 2022

އާޖެންޓީނާގެ ފޯވާޑް އެންހެލް ޑި މާރިއާއާއި ފްރާންސްގެ ކުރީގެ ޑިފެންޑަރު އާދިލް ރާމީ މެދުގައި އެމިލިއާނޯ މާޓިނޭޒް އަމަލުތަކާ ގުޅިގެން ވަރުގަދަ ބަހުގެ ހަމަލާތަކެއް ހިނގައިފި އެވެ.

އާޖެންޓީނާއިން ފްރާންސް ބަލިކޮށް ވޯލްޑްކަޕް ހިއްލާލުމާ މެޗަށްފަހު އެމްބާޕޭއަށް މަލާމާތްކުރުމުގެ ސަބަބުން ޑި މާރިއާއާއި ރާމީގެ މެދުގައި ވަނީ ދެބަސްވުންތަކެއް ހިނގާފަ އެވެ.

ހުތުރު ބަސް ބޭނުންކޮށްގެން ރާމީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި މިމަހު 22 ގައި އެމީ މާޓިނޭޒްއާ ރައްދުކޮށް ބަސް ބުނެފަ އެވެ. އާރްއެމްސީ ސްޕޯޓުން ރިޕޯޓު ކުރިގޮތުގައި އޭގެ ރައްދުގައި ޑި މާރިއާ ވަނީ މާޓިނޭޒް އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރު ކަމަށާއި ކޮންމެސް އެހެންތާކު ރޯން ދާށޭ ބުނެ ރައްދުދީފަ އެވެ.

އޭގެ ރައްދުގައި ރާމީ ވަނީ ތި ދަސްކޮށްދެނީ މަށަށް ހޭ ބުނެ ރައްދުދީފަ އެވެ. މިފަހަރުގެ ފައިނަލުގައި އާޖެންޓީނާއިން ވަނީ ޕެނަލްޓީ ޖަހައިގެން 4 - 2 ން 2018 ގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފަ އެވެ. އަދި މާޓިނޭޒް ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި އަދި މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާ ގޯލްޑަން ގްލޯވް ހާސިލްކޮށްފަ އެވެ.

އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ފްރާންސްގެ އެމްބާޕޭއަށް ލިބުނުއިރު މެސީ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

ނަމަވެސް ފައިނަލް މެޗު ތެރެއިންނާއި މެޗަށްފަހު މާޓިނޭޒްގެ އަމަލުތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އުފާފާޅުކުރުންތަކުގެ ތެރެއިން ގޯލްޑަން ގްލޯވްއާއެކު ބޭއަދަބީ އަމަލެއް ދައްކާލިއިރު އޭނާ ވަނީ އެމްބާޕޭގެ މޫނު ޖެހި ކުޑަ ބުދެއް ވެސް އުފާފާޅުކުރުންތަކުގެ ތެރެއިން ދައްކާ ޒުވާން ތަރިއަށް މަލާމާތްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355