twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޗާލު މިސްކިތް ފަންޑަށް އުރީދޫ އެމްފައިސާއިން ފައިސާ ހަދިޔާ ކުރެވޭނެ

ނަބީލާ އިސްމާޢީލް
Jan 8, 2023

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފައިސާ ހޯދުމަށް "ޗާލު މިސްކިތް ފަންޑް" ގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ހުޅުވާލާފައިވާ ފަންޑަށް އެމްފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫން ބުނީ، މާލެ ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީވުމަށް އުފެއްދި ޗާލު މިސްކިތް ފަންޑަށް އެމް-ފައިސާ މެދުވެރިކޮށް ހަދިޔާ ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެ ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލުމަށް ފަހު އެމްފައިސާ މެދުވެރިކޮށް އެ ފަންޑަށް ފައިސާ ފޮނުވޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

މާލޭގައި ހުރި މިސްކިތްތައް އަންނަ ރަމަޟާން މަހަށް މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް ޓެލެތޯނެއް ބާއްވަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން ހިންގާ “ޗާލު މިސްކިތް” ހަރަކާތުގެ ދަށުން ކުޑަ ކުދިންގެ ހަވީރެއް ކުރިއަށް ގެންދަން އެ ކައުންސިލުން ވަނީ ނިންމާފައެވެ. މި ހަވީރު ކުރިއަށްދާނީ މިއަދާއި މާދަމާ ގައި ކަމަށާ، މިއަދު ހަވީރު 4 ފެށިގެން 6 އަދި ރޭގަނޑު 8 ފެށިގެން ރޭގަނޑު 11 އާއި ހަމައަށް އިވެންޓް ކުރިއަށް ދާނެ ކަމަށް ބުނެފައިވެއެވެ.

އަދި ޖެނުއަރީ 7 ވަނަ ދުވަހު (ހޮނިހިރު) ހެނދުނު 9 ފެށިގެން 6 އަދި ރޭގަނޑު 8 ފެށިގެން 11 އާއި ހަމައަށް މި ހަރަކާތް ކުރިއަށް ދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355