twitterviber whatsapp telegramfacebookyoutube instagram
13th April 2025
ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި--ފޮޓޯ:އެމްއެންޑީއެފް

ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

Jan 9, 2023

މާލޭގެ ނީލަން ފިހާރައިގައި ރޯވި އަލިިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ނީލަން ފިހާރައިގެ އުތުރުފަޅިން ފެތުރެމުންދިޔަ އަލިފާންގަނޑު ކޮންޓްރޯލްކުރެެވިފައިވާ ކަމަށާއި، އަދި މިހާރު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވީ، މިއަދު ހެދުނު 6:00 އެހާކަންހާއިރުއެވެ.

މިހާދިސާގައި ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ގާތްގަނޑަކަށް 180 މީހުން ދިރިއުޅޭ އެތަނުގައި ރޯވި އިރު ބައެއް މީހުން ނިދާފައި ތިބި ކަމަށް ވެއެވެ. އަނެއް ބަޔަކު ތިބީ ޑިއުޓީގައެވެ. ނީލަން ފިހާރައިގައި ރޯވިކަން އެނގުމާ އެކު އެ އެންމެން ވަނީ އެ ތަނުން ނެރެފައެވެ.

ދުންބޯވެ އާއްމުންނަށް ދަތިވެފައިވާތީ އެ ސަރަހައްދުގެ ބައެއް ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގައި ވެސް ހެނދުނު ސެޝަންގެ ކިޔެވުމެއް ނެތެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com