twitterviber whatsapp telegramfacebookyoutube instagram
28th February 2026

ބަޖެޓް ވިޔަ މޮޑިއުލަށް އަޅައި އެޕްރޫވްކުރި ފުރަތަމަ ސިޓީ ކައުންސިލަކަށް ކުޅުދުއްފުށީ ކައުންސިލް

ނަބީލާ އިސްމާޢީލް
Jan 11, 2023

މިއަހަރުގެ ބަޖެޓް ވިޔަ މޮޑިއުލަށް އަޅައި އެޕްރޫވްކުރި ފުރަތަމަ ސިޓީ ކައުންސިލަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް ކަމުގައި ލޯކަލް ގަވަރމެންޓް (އެލްޖީއޭ) އިން ބުނެފި އެވެ.

އެލްޖީއޭއިން ބުނީ ރާއްޖޭގެ ކައުންސިލްތަކުގެ މާލީ މުއާމަލާތްތައް އޮންލައިން ކުރުމަށް ލޯކަލް ގަވަރމެންޓް (އެލްޖީއޭ) އިން ތައްޔާރުކޮށްފައިވާ ވިޔަ މޮޑިއުލަށް މި 2023 ވަނަ އަހަރުގެ ބަޖެޓް އަޅައި އެޕްރޫވްކުރި ފުރަތަމަ ސިޓީ ކައުންސިލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލް ކަމުގަ އެވެ.

2020 ވަނަ އަހަރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ވިޔަ މޮޑިއުން ޕޯޓަލްއިން ފިނޭންސްގެ ހުރިހާ މަސައްކަތެއް ކުރެވޭނީ މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި އޭރުން ފޮތްތަކުގެ ބޭނުން ނުވާނެ ކަމަށްވެސް އެލްޖީއޭ އިން މައުލޫމާތުދެއެވެ.

މިދިޔަ ނޮވެމްބަރު މަހު އެލްޖީއޭގެ އާބާދީގެ ހުރިހާ މައުލޫމާތެއް ގެމެން ޕޯޓަލްގައި އަދާހަމަކުރި ފުރަތަމަ ސިޓީ ކައުންސިލަކަށްވެސް، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާވަނީ ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355