twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jan 16, 2023

ގައުމީ ހިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދެމުން އަންނަ "ރެހެންދި އެވޯޑް" އަށް ކުރިމަތިލުމަށް މިނިސްޓްރީން އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ހުޅުވާލައިފިއެވެ.

މި އެވާޑަކީ 2014ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 13 ފެބުރުއަރީ އެވެ.

މި އެވޯޑުގެ މަގްސަދަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމެވެ. އަދި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަން ކުރުން ކަމަށް ބުނެފައި ވެއެވެ.

މިއަހަރުގައި އެވޯޑް ދިނުމުގައި އާ ކަންތައްތަކަށް ބެލުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ. އެގޮތުން މި އެވޯޑަށް މި އަހަރު ކުރިމަތިލެވޭނީ ތިން ދާއިރާތަކަކުންނެވެ.

މި ދާއިރާތަކަކީ ވަކި ވަކި އަންހެނުންނަށާއި ޖަމުއިއްޔާ/ ޖަމާއަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާ، އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ،ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާތަކެވެ.

މީގެ ތެރެއިން ވަކި ވަކި އަންހެނުންނަށާއި ޖަމުއިއްޔާ/ ޖަމާއަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާގެ ތެރެއިން އެވޯޑް ދިނުމުގައި ހަތަރު ކަމަކަށް ބަލާނެއެވެ. އެއީ ލީޑަޝިޕް އަދި ގަވަރނަންސް، އިޤްތިސާދީގޮތުން ބާރުވެރިކުރުން، އިޖުތިމާއީގޮތުން ބާރުވެރިކުރުން އަދި އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް"އަށެވެ.

މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މައުލޫމާތު، އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އުސޫލު މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355