twitterviber whatsapp telegramfacebookyoutube instagram
5th October 2026

ނޮޅިވަރަމު ސްކޫލުގެ ހޯލު އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

Jan 17, 2023

ހދ ނޮޅިވަރަމު ސްކޫލުގެ މަލްޓިޕާޕާސް ހޯލު އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރީ ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

600 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ނޮޅިވަރަމު ސްކޫލުގައި އިމާރާތްކުރާ މި ހޯލުގެ މަޝްރޫއުއަކީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވަ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ. ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލީ އިޔާނެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 15,073,651.92ރ އަށެވެ. މަޝްރޫއު އެއް އަހަރު ތެރޭގައި ނިންމަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293