twitterviber whatsapp telegramfacebookyoutube instagram
7th September 2025

ވޯޓުގެ ބޭނުން ބުއްދިވެރިކަމާއެކު ހިފަން މޭޔަރު ގޮވާލައްވައިފި

ނަބީލާ އިސްމާޢީލް
Jan 17, 2023
4

ޑިމޮކްރެސީގައި ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ ވޯޓު، އޭގެ ބޭނުން ބުއްދިވެރިކަމާއެކު ހިފުން މުހިންމުކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ގޮވާލައްވައިފި އެވެ.

މޭޔަރު އާތިފް މިފަދައިން ގޮވާލައްވާ ފޭސްބުކްގައި ޖެއްސެވި ޕޯސްޓެއްގައި ވިދާޅުވީ ގައުމެއްގެ ތަރައްގީ އާއި ތަހުޒީބުގެ ދުވެލި ބިނާވަނީ ވެރިއެއްގެ ފިކުރާއި ސަތައްވަރާއި މަސައްކަތުގެ ބުންވަރަށް ކަމަށެވެ.

މޭޔަރުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު (އަންނި) އަކީ މުޅި ދިވެހިރާއްޖެ ތަރައްގީކޮށް ރައްޔިތުންގެ އާންމުހާލަތު ރަނގަޅު ކުރުމުގެ ފުރިހަމަ ތަސައްވަރަކާއެކު ނިކުމެހުރި ލީޑަރެއް ކަމަށާއި ޑިމޮކްރެސީގައި ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ ވޯޓު ކަމަށެވެ. މޭޔަރު ވިދާޅުވީ އޭގެ ބޭނުން ބުއްދިވެރިކަމާއެކު ހިފުން މުހިންމު ކަމަށެވެ.

މި މަހު 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ކުޅުދުއްފުއްޓަށް އެކަށީގެންވާ ތަރައްގީއެއް ގެނެސްނުދެއްވާކަމަށާއި އެ ރަށައް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދީފައިވަނީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި މަދު ދުވަސްކޮޅުގައި ކަމަށް ވިދާޅުވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުއަށް ތާއިދު ކުރައްވަން ނިންމާފައިވާކަމަށްވެސް މޭޔަރު މީގެ ކުރިން ވަނީ ހާމަ ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355