twitterviber whatsapp telegramfacebookyoutube instagram
27th June 2026

123 މިލިއަން ރުފިޔާއަށް އިހަވަންދޫ ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jan 17, 2023

123 މިލިއަން ރުފިޔާގެ ބަޖެޓަކަށް އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމެވެ.

ޑުޕްލެކްސް އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކަރ ފައިނޭސްގެ އުސޫލުންނެވެ. 123,303,792.00 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކުރި މިމަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މިއީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މީގެއިތުން މިޕްރޮޖެކްޓްގެ ދަށުން އެކޮމަޑޭޝަން ބްލޮކަކާ ސާވިސް ބިލްޑިންގް އެއްވެސް އިމާރާތްކުރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355