twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހަނިމާދޫ އެއާޕޯޓު މަޝްރޫއު ފެށުމަށް ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި

ނަބީލާ އިސްމާޢީލް
Jan 18, 2023

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޖައިޝަންކަރު ވަޑައިގެންނެވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ އިސް އޮފިޝަލުންނާއި، ނ. އަތޮޅު ކައުންސިލް ރައީސް އާއި އެ ކައުންސިލްގެ މެންބަރުންނެވެ.

މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފެއްޓެވުމުގެ އިތުރުން ރަސްމީ އެޖެންޑާގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ.

އެއާޕޯޓު މަޝްރޫއުގެ މަސައްކަތް ފެެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ހަނިމާދޫ އެއާޕޯޓް ސަރަހައްދުގަ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. އެއީ 136.6 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުއެކެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ.

އެކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މި އެއާޕޯޓްގައި ގާއިމުކުރެވިގެންދާނެ ކަމަށާއި މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓް ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެކަމަށެވެ.

އޭރުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355