twitterviber whatsapp telegramfacebookyoutube instagram
14th March 2026

ހިރަފުސް ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމްކުރަނީ

މުޙައްމަދު އަހުމަދު
Jan 26, 2023

ކުޅުދުއްފުށި ސިޓީގެ ހިރަފުސް ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާންކޮށްފި އެވެ.

ހިރަފުސް ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައަޅާނީ 6 ފެބުރުއަރީވާ ހޯމަދުވަހުގެ 11 ޖަހާއިރު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށެވެ. (ވެލާނާގެ 3 ވަނަ ފަންގިފިލާއަށް.)

ހިރަފުސް ދަނޑުގައި ޓާފް އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތް ވެސް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު ކޮރަލް ދަނޑުގެ ވަށާ ފެންސް ޖެހުމުގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށް ދަމުންނެވެ.

ޒިގްޒެގް ދަނޑުގެ ޓާފް އަޅާ ލައިޓިން ސިސްޓަމް ހަރުކޮށް ނިންމާފައިވާއިރު އެދަނޑުގައި މިހާރު ކުރިއަށް ދަނީ ރެސްޓްރޮމްގެ މަސައްކަތްކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355