twitterviber whatsapp telegramfacebookyoutube instagram
23rd March 2023

ކުޅުދުއްފުށީގައި ބެހެއްޓި ފޮށިތަކުން ކުރިހޯދެއްވީ ނަޝީދު

އަބްދުލް ވާހިދު ޙަސަން
Jan 28, 2023
1

ކުޅުދުއްފުށީގައި ބެހެއްޓި ވޯޓްފޮށިތަކުން ރައީސް މުހައްމަދު ނަޝީދު ކުރި ހޯދައްވައިފި އެވެ. މިއަދު މުޅި ރާއްޖޭގައި ކުރިއަށްދިޔަ ފޯރިގަދަ ޕްރައިމަރީގެ ނަތީޖާ މިހާރު ދަނީ އާންމުކުރަމުންނެވެ.

ކުޅުދުއްފުށީގައި ދެ ވޯޓް ފޮއްޓެއް ބަހައްޓާފައިވާއިރު އަފީފުއްދީން ސްކޫލުގައި ބެހެއްޓި ފޮށިން ކުރި ހޯދެއްވީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހެވެ. އެފޮށިން އެ މަނިކުފާނަށް ލިބިވަޑައިގެންނެވީ 117 ވޯޓެވެ. ރައީސް ނަޝީދަށް އެފޮށިން ލިބިވަޑައިގެންނެވީ 95 ވޯޓެވެ.

ޖަލާލުއްދީން ސްކޫލުގައި ބެހެއްޓި ވޯޓުން ފޮށިން ކުރި ހޯދެއްވީ ރައީސް ނަޝީދެވެ. އެ ފޮށިން އެ މަނިކުފާނަށް 150 ވޯޓް ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް އެ ފޮށިން ލިބިވަޑައިގެންނެވީ 102 ވޯޓެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ކުޅުދުއްފުއްޓަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާތީ ގިނަ ރައްޔިތުންތަކެއް އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެގޮތުން ބަޖެޓްގައި ހިމަނާ ގިނަ މަޝްރޫއުތައްވެސް ނުފެށި ލަސްވުމާއި މިރަށަށް ވެފައިވާ ވައުދުތައް ނުފުއްދުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355