twitterviber whatsapp telegramfacebookyoutube instagram
18th August 2025

އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސް ކުޅުދުއްފުށީގައި ފަށައިފި

ނަބީލާ އިސްމާޢީލް
Oct 12, 2024
1

އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސް ކުޅުދުއްފުށީގައި މިއަދު ހެނދުނު ފަށައިފި އެވެ.

އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުނާއިއެކު މިއަދު ފެށި މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި މާލޭ މެޔަރު އާދަމް އާޒިމް، އައްޑޫ މޭޔަރު އަލީ ނިޒާރު، ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު، ތިނަދޫ މޭޔަރު ސައުދު އަލީ އަދި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިހާރު ކުރިއަށްދާ މިކޮންފަރެންސްގައި ހއ، ހދ އަދި ށ. އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުންނާއެކު ޖުމުލަ 80 މީހުން ބައިވެރިވެ އެވެ.

މި ކޮންފަރެންސަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަނޑުވާލާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ބޮޑުތިލަދުންމަތީގެ އެމްޑީޕީ ކައުންސިލަރުންނާ ބައްދަލުކޮށް މަޝްވަރާތައް ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވަން އެމްޑީޕީން ނިންމާފައިވާ މި ކޮންފަރެންސްގެ، އެންމެ ފުރަތަމަ ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ ބޮޑުތިލަދުންމަތީގައެވެ. އެގޮތުން މިއަދު ހެނދުނު ކުޅުދުއްފުށީގައި ކޮންފަރެންސް ވަނީ ފަށައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355