twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގޯލްޑަން ފުޓްސަލް ޗެލެންޖުން ހާއްސަ މެސެޖަކާއެކު ދައްކާލަދެނީ ސީރިއާއާއި ތުރުކީއާއެކު ދިވެހިން ތިބިކަން

މުޙައްމަދު އަހުމަދު
Feb 12, 2023

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި މުބާރާތް އިންތިޒާމްކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ތުރުކީ އާއި ސީރިއާ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ދައްކުވައިދިނުމުގެ ގޮތުން ހާއްސަ މެސެޖެއް ދިނުމަށް ހަރަކާތެއް ހިންގަން ފަށައިފި އެވެ.

އިއްޔެގެ މެޗުތަކުން ފެށިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ހާއްސަ މެސެޖެއް ދެމުން އަންނައިރު މިމަހު ތުރުކީގެ ދެކުނަށް އަދި ސީރިއާގެ އިރުމަތީ ސަރަހައްދުތަކަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 28،000 އިން މައްޗަށް މިހާރު ވަނީ އަރާފަ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި މުސްލިމުން އެކި ހަރަކާތްތައް ހިންގަމުން އަންނައިރު ގޯލްޑަން ފުޓްސަލްއިން ވެސް މިއަންނަނީ ނަމޫނާ ދައްކަމުންނެވެ.

މިދިޔަ މަހު 6 ވަނަ ދުވަހު ތުރުކީވިލާތުގެ ގަޒިއެންޓެޕް ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 24,617 އަށް އަރާފަ އެވެ. އަދި، ސޫރިޔާގައި 3,553 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ތުރުކީ އަދި ސީރިޔާއަށް 7.8 މެގްނިޑިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ސީރިއާއިން 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އދ އިން ފާހަގަކުރާއިރު، ތުރުކީ އަދި ސީރިޔާގައިވެސް 900،000 މީހުންނަށް ވަނީ ކާބޯތަކެތި ބޭނުންވެފައެވެ. މި ކާރިސާގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓިފައިވާއިރު އަދިވެސް އެ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތަކީ މުބާރާތުގެ ޒަރީއާއިން ދިވެހިންގެ ފަރާތުން ދެވެން އޮތް މެސެޖެއް ދިނުމެވެ. އޮންލައިން ނޫސް "އަދަދު"ން ރިޕޯޓު ކުރިގޮތުގައި ހަގީގަތުގައި މީގެ ބޭނުމަކީ މި ފަދަ އުނދަގޫ ވަގުތުގައި އެއްބައިވަންތަ ކަމުގެ މުހިންމުކަން އަންގައިދިނުމުގެ ބޭނުން ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް، މޫސާ ރިލްވާން ވިދާޅުވެފައިވާކަމަށެވެ.

އަދި ހަގީގަތުގައި ކޮންމެ މެޗެއް ފެށުމުގެ ކުރިން ނަގާ ފޮޓޯގަނޑުން ދޭން ބޭނުންވާ ހާއްސަ މެސެޖަކީ ކޮންމެ ގޮތަކުން ވިޔަސް މުސްލިމުންގެ މެދުގައި މި އޮންނަ އެއްބައިވަންތަކަމުގެ ރީތި ސިފަ އާލާކުރުން ކަމަށް ރިލްވާން ވިދާޅުވެ އެވެ. މި މެސެޖަކީ ތުރުކީ އާއި ސީރިއާ ރައްޔިތުންނާ އެކު ދިވެހީން ތިބިކަން ދައްކުވައިދޭ މެސެޖެއްގެ ގޮތުގައި، އެންމެންނަށް ފެންނަ ޕްލެޓްފޯމަކަށް (ފޭސްބުކް) ދޫކޮށްލާ މެސެޖެއް ކަން ރިލްވާން ފާހަގަކުރެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާ ގިނަ ބަޔަކު ސަމާލުކަން ދޭ ބޮޑު މުބާރާތެއްގައި ދޭ މެސެޖަކާ އެކު ތުރުކީ އާއި ސީރިއާ އަށް އެކި ގޮތްގޮތުން އެހީވާން ބޭނުން މީހުންނަށް އެ ފުރުސަތު ވެސް އޮތްކަން އަންގައިދިނުން ކަމަށާއި "ފަންޑް ރައިޒިން" ހަރަކާތެއް ހިންގަން ބޭނުންނަމަ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެކަމުގައި ވެސް ވެވެން އޮތް އެހީއެއް ވެދެއްވާނެކަމަށެވެ.

ގޯލްޑަން ފުޓްސަލް ކަހަލަ ބޮޑު އިވެންޓަކުން ތުރުކީއާއި ސީރިއާއާއެކު ތިބިކަން އަންގައިދިނުމަށް މިފަދަ ކަމެއް ކުރުމަކީ ގިނަ ބަޔަކު ވަރަށް ބަލައިގަންނަމުން އަންނަ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355