twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށި ޤުރުއާން މުބާރާތް ހިންގައި ދޭނެ ފަރާތެއް ހޯދަނީ

ނަބީލާ އިސްމާޢީލް
Feb 15, 2023

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކުޅުދުއްފުށި ޤުރުއާން މުބާރާތް 1444" ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މި އަހަރު އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 3 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ އަހަރުގެ މި މުބާރާތް އޮތީވެސް އެޕްރީލްމަހުގެ ފުރަތަމަ ކޮޅު އެވެ. އެ އަހަރު 103 ދަރިވަރުން މުބާރާތުގައި ބައިވެރިވެ ކިޔަވާފައިވެ އެވެ.

މި އަހަރުގެ މުބާރާތް ހިންގައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ 11:00ގައި މައުލޫމާތު ސާފުކުރުމަށްފަހު މި މަހު 22 ވަނަ ދުވަހުގެ 11:00ގެ ކުރިން ރަޖިސްޓްރީވުމަށް އެ ކައުންސިލުން އެދެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން މި މަހު 23 ވަނަ ދުވަހު 11:00ގައި ސިޓީކައުންސިލް އިދާރާގައި އޮންނާނެ ކަމަވެސް އެ ކައުންސިލުން ބުނެއެވެ.

ކައުންސިލުން އިތުރަށް ބުނީ މަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި އިދާރާގެ ވެބްސައިޓުން 13 ފެބްރުއަރީން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށާއި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކަމަށެވެ.

ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބު ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްއިއްޔާ ޖަމާއާތްތަށް އަދި މިބީލަމުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށް އެކަނި ކަމަވެސް އެ އިދާރާއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355