twitterviber whatsapp telegramfacebookyoutube instagram
5th October 2026

އިންޑިޔާ ސަފީރު މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ

އަބްދުލް ވާހިދު ޙަސަން
Feb 19, 2023

އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނު މަހާވަރުގެ މާދަމާ ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މުނު މަހާވަރު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގަޑިއެއް ސިޓީ ކައުންސިލުން އަދި ހާމަކުރައްވާފައެއް ނުވެ އެވެ. އެހެންނަމަވެސް އިންޑިޔާ ސަފީރާއި އެކޮމިޝަނުންގެ ތިން ބޭފުޅުން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާކަން ސިޓީ ކައުންސިލުން ހާމަކުރައްވަ އެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އިންޑިޔާ ސަފީރުގެ މިދަތުރުފުޅުގައި ކުޅުދުއްފުށީގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ސްކޫލުތަކާއި ކަސްޓަމްސްއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

އަދި ރަށުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ސަފީރުގެ ޓީމުން ބަލައްވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.

އިންޑިޔާ ސަފީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މީގެ ކުރިންވެސް ބޭރުގެ ސަފީރުން މި ސިޓީއަށް ޒިޔާރާތްކުރައްވާފައެވެ. އެގޮތުން އިނގިރޭސި ސަފީރާއި ޕާކިސްތާނު ސަފީރު އަދި އ.ދ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ކެނެޑާގެ ހައިކޮމިޝަންގެ އިސް ވައުދެއްވެސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293