twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބެލެނިވެރިންގެ ހިއްސާއާއެކު ކުރިއަށްގެންދަން މަސައްކަތްކުރާ ސްކޫލުތައް ހުރިހާ ގޮތަކުންވެސް ކާމިޔާބު: އާތިފް

އަބްދުލް ވާހިދު ޙަސަން
Mar 3, 2023
1

ބެލެނިވެރިންގެ ހިއްސާއާއެކު ކުރިއަށްގެންދަން މަސައްކަތްކުރާ ސްކޫލުތައް ހުރިހާ ގޮތަކުން މާބޯޑުތަނުންވެސް ކާމިޔާބުކަމަށް ކުޅުދުއްފުށި މޭޔަރު ވިދާޅުވެއްޖެ އެވެ.

އަފީފުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރޯދަ ބާޒާރު ހުޅުވައިދެއްވާ ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ، ބެލެނިވެރިންގެ ހިއްސާއާއެކު ކުރިއަށްގެންދަން މަސައްކަތްކުރާ ސްކޫލުތަކުގެ ދަރިވަރުން ނަތީޖާގެ އިތުރުން ސްކޫލުގެ ވަސީލަތްތައް ތަރައްގީކުރުމުގައިވެސް ބޮޑުތަނުން ކާމިޔާބު ހޯދަމުންދާކަމަށެވެ.

"ބެލެނިވެރިންގެ ހިއްސާއާއެކު ކުރިއަށްގެންދަން މަސައްކަތްކުރާ ސްކޫލްތައް އަޅުގަނޑުމެންނަށް ފެންނަ އެބައޮތް ހަމަ ނަތީޖާގައިވެސް އަދި ވަސީލަތްތައް ތަރައްގީކުރުމުގައިވެސް، ބޮޑުތަނުން ކާމިޔާބު ހޯދާ. [މިކަން] ރާއްޖޭގައިވެސް ދުނިޔޭގައި މި އޮންނަނީ [މިހެން]." މޭޔަރު ވިދާޅުވި އެވެ.

ބެލެނިވެރިން ނުވަތަ ޕީޓީއޭތަކުގެ އެހީތެރިވެގެން ސްކޫލު ކުރިއަށްގެންދިޔުމަކީ ހަމައެކަނި ރާއްޖޭގައި ކުރާކަމެއް ނޫންކަން ފާހަގަކުރައްވަމުން މޭޔަރު އާތިފު ވިދާޅުވީ، ހާއްސަ ގޮތެއްގައި ޕީޓީއޭތަކުން ސްކޫލުގެ ކުރިއެރުމަށް މިކުރާ މަސައްކަތުގައި ހަގީގަތުގައިވެސް ސްކޫލްތައް ކުރިއަށްދިޔުމުގައި ވަރަށް ބޮޑު ބާރަކަށްވާ ކަމަށެވެ.

އެހެންވުމުން މޭޔަރުގެ ވާހަކައިގައި އެކަމަށްޓަކާ ހުރިހާ ބެލެނިވެރިންނަށާއި ޕީޓީއޭގެ ހިންގާ ކޮމެޓީއަށް ޝުކުރު އަދާކުރެއްވި އެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، އަފީފުއްދީން ސްކޫލުގެ ބެލެނިވެރިންނަކީ ނަމޫނާ ބެލެނިވެރިންތަކެއް ކަމަށެވެ.

ކޮންމެ އަހަރަކުވެސް ސްކޫލުތަކުގެ ކުރިއެރުވުމަށް ޕީޓީއޭތަކުން އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެކަމުގައި ބެލެނިވެރިންގެ ހިއްސާ ބޮޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355