twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށިގައި ކުރިއަށްގެންދިޔަ ވެލިގާ ރޯޑް ޝޯ ކާމިޔާބުކަމާއެކު ނިންމާލައިފި

މުޙައްމަދު އަހުމަދު
Mar 6, 2023

ވެލިގާ ހާޑްވެއާއިން ކުޅުދުއްފުށި ސިޓީގައި މާޗް 3 ން 5 އަށް ކުރިއަށް ގެންދިޔަ ވެލިގާ ރޯޑް ޝޯ 2023 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ވެލިގާ ރޯޑް ޝޯ ސީރީޒްގެ ފުރަތަމަ އިވެންޓް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގދ. ތިނަދޫގައި ބޭއްވިއިރު މިއަހަރުގެ އިވެންޓް ކުރިއަށް ދިޔައީ ކުޅުދުއްފުށި ސިޓީގަ އެވެ.

މިއިވެންޓްގެ މަގްސަދަކީ ވެލިގާ ހާޑްވެއާ އެނޑް ބްލޭންކްގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވިއްކާ ސާމާނުތައް ޕްރޮމޯޓް ކުރުމެވެ. އަދި ކްރާފްޓްސްމަނުންނާއި ސަރަހައްދީ ޑިސްޓްރިބިއުޓަރުންނާއި ވެލިގާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމެވެ.

މިއިވެންޓްގައި ދެބައެއް ހިމެނުނެވެ.

1. އޮންސައިޓް ރޯޑް ޝޯ:

މުދާ ޕްރޮމޯޓްކުރުމަށް ބޭއްވި މިއިވެންޓްގައި ކަސްޓަމަރުންނަށް މިކަމުގެ ތަޖުރިބާކާރުންގެ ކިބައިން ގިނަ ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ވެލިގާ ފަހިކޮށްދިންއިރު ކަސްޓަމަރުންނަށް ވަނީ މުދާތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބިފަ އެވެ.

އޮންސައިޓް ރޯޑް ޝޯ ކުރިއަށްދިޔައީ ކުޅުދުއްފުށި ސިޓީ ހޮނިހިރު ބާޒާރު ސަރަހައްދުގައި މާޗް 3 އަދި 4 ވަނަ ދުވަހު އެވެ. ރޯޑް ޝޯއަށް ޒިޔާރާތް ކޮށްލައިގެން އިނާމުތަކާއި ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް ވެލިގާއިން ހުޅުވާލި އެވެ.

އެގޮތުން ގްރޭންޑް ޕްރައިޒްގެ ގޮތުގައި މެޓާބޯ ހެމާ ޑްރިލް ސެޓެއް ދިންއިރު އިތުރަށް ދީފައިވާ އިނާމުތަކަކީ މެޓާބޯ އޭންގަލް ގްރައިންޑަރަކާއި 10 އިންޗީގެ ޔަޓޯ ޗެއިންސޯ ގޭސޮލީން ޕެޓްރޯލާއި ބްރެނެންސްޓްޓްލް 15 މީޓަރުގެ ކޭބަލް ރީލެކެވެ.

2. ވިޔަފާރިންނާއި ކްރާފްޓްސްމަނުންނާއެކު ބޭއްވި ބައްދަލުވުން:

މިބައި ކުރިއަށް ގެންދެވުނީ ވެލިގާއިން ލިބެން ހުންނަ ސާމާނުތަކާ ބެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އިވެންޓްގެ މިބައި ކުރިއަށް ގެންގޮސްފައިވަނީ 5 މާޗްގަ އެވެ.

މިއިވެންޓަށް ބައިވެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދިޔައިރު އެމީހުންނަށް ވަނީ މުދާތައް ތަޖުރިބާކޮށްލާ ވެލިގާގެ ގިނަ ސާމާނުތަކަކާ ބެހޭގޮތުން ދެނެގަތުމުގެ ފުރުސަތު ލިބިފަ އެވެ. މިއިވެންޓްގައި ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުން މީހުން ބައިވެރިވި އެވެ.

މިއިވެންޓްގައި ވެލިގާ ސީއެސްއާރުގެ ދަށުން ކޮރަލް ދަނޑުގައި ރޮސްޓްރަމްއެއް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް 50000 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗަރެއް ވަނީ ކުލަބް ކޮރަލްސްއާ ހަވާލުކޮށްފަ އެވެ. މި ގިފްޓް ވައުޗަރު ކޮރަލްގެ ރައީސްއާ ހަވާލުކޮށްދެއްވީ ވެލިގާ ހާޑްވެއާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިރުފާއު އަބްދުﷲ އެވެ.

ވެލިގާ ރޯޑް ޝޯގެ ހޯސްޓް ޕާޓްނަރަކީ ކުޅުދުއްފުށި ސިޓީ ކައުންސިލެވެ. ރީޖަނަލް މީޑިއާ ޕާޓްނަރަކީ ކުޅުދުއްފުށި އޮންލައިން އެވެ. ޕްރިންޓިން ޕާޓްނަރަކީ ޑަބްލިއު ކްރާފްޓް ސެންޓަރެވެ. އަދި އެސޯސިއޭޓް ޕާޓްނަރަކީ ކުލަބް ކޮރަލްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355