twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ބެންފިކާއާއި ޗެލްސީން ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ޖާގަ ހޯދައިފި

މުޙައްމަދު އަހުމަދު
Mar 8, 2023

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުތަކުން ކާމިޔާބު ހޯދާ ޗެލްސީއާއި ބެންފިކާއިން ކުއާޓާގެ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި ޗެލްސީ ބަލިވި ނަމަވެސް ފަހު ލެގުގައި ޗެލްސީން ނަތީޖާ އަނބުރާލި އެވެ. ބެންފިކާއިން ވަނީ ފަސޭހަކަމާއެކު ދެ ލެގު ވެސް ކާމިޔާބުކޮށް ކުއާޓާގެ ޖާގަ އެއް ޔަގީންކޮށްފަ އެވެ.

ރޭ ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 2 - 0 ން ޑޯޓުމަންޑް ބަލިކޮށްފަ އެވެ. އެގްރިގޭޓް 2 - 1 ން ޗެލްސީން ކުއާޓާގެ ޖާގަ ހޯދިއިރު ފުރަތަމަ ލެގު ނިމުނީ ޑޯޓުމަންޑް ދަނޑުގައި އެޓީމުން 1 - 0 ން މެޗު ކާމިޔާބުކޮށްގެންނެވެ. ނަމަވެސް ރޭ ޗެލްސީން ކަމްބެކް ހެދިއިރު މިއީ މިއަހަރު ފެށުން ފަހުން ފުރަތަމަ ފަހަރަށް މެޗެއްގައި ޗެލްސީން ދެގޯލު ޖަހާ ނަތީޖާ އަނބުރާލި ފަހަރެވެ.

ސްޓެމްފޯޑް ބްރިޖުގައި ކުޅެވުނު މިމެޗުގައި ޗެލްސީއަށް ލީޑު ނަގައިދިނީ ސިޓީން އެޓީމަށް ދާދިފަހުން ގެނައި ރަހީމް ސްޓާލިން އެވެ. ޗެލްސީގެ ދެވަނަ ލަނޑަކީ ހޭންޑްބޯލްއަކުން ލިބުނު ޕެނަލްޓީއެއް ރީބައުންސަށް ނުކުތް ގަޑީ ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. މިލަނޑު ކާމިޔާބުކުރީ ޗެލްސީގެ ހުނަރުވެރި ޒުވާން ފޯވާޑް ކައި ހަވާޓްޒް އެވެ.

ރޭގެ މެޗުގައި ބެންފިކާއިން ކުލަބް ބްރޫޖު އަތުން 5 - 1 ގެ ބޮޑު ތަފާތަކުން މޮޅުވިއިރު ބެންފިކާ ކުއާޓާއަށް ދަތުރުކުރީ އެގްރިގޭޓް 7 - 1 ންނެވެ. ފުރަތަމ ލެގު ބެންފިކާއިން ކާމިޔާބުކުރީ 2 - 0 ންނެވެ.

މިމެޗުގައި ބެންފިކާގެ ލަނޑުތައް ޖަހައިދިނީ ރަފާ ސިލްވާއާއި ޖާއޯ މާރިއޯ އަދި ޑޭވިޑް ނެރޭސް އެވެ. އަދި ގޮންކާލޯ ރާމޮސް ވަނީ ދެލަނޑު ކާމިޔާބުކޮށްފަ އެވެ. ކުލަބް ބްރޫޖުގެ ހަމައެކަނި ލަނޑު އެޓީމަސް ޖަހައިދިނީ ބްޔޯން މެއިއާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355