twitterviber whatsapp telegramfacebookyoutube instagram
28th February 2026

ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގައި ރެއާލާއި ސިޓީ އެއްވަރުވެއްޖެ

މުޙައްމަދު އަހުމަދު
May 10, 2023

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގުން އެއްވަރުވެއްޖެ އެވެ.

ރޭ ރެއާލްގެ ދަނޑުގައި ކުޅެވުނު މިމެޗު ނިމުނީ 1 - 1 ން ދެޓީމު އެއްވަރުވެގެންނެވެ. މިއާއެކު އަންނަ ހަފްތާ ސިޓީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވިޔަސް ފައިނަލުން ޖާގަ ލިބޭނެ އެވެ.

ސަންޓިއާގޯ ބާނަބެއުގައި ރޭ ކުޅެވުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ރެއާލުންނެވެ. މިލަނޑަކީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޑުއާޑް ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތަކަުން ވިނީޝިއުސް ޖޫނިއާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލީޑުގައި އޮވެ ރެއާލުން ފުރަތަމަ ހާފު ނިންމާލިއިރު ސިޓީއަށް ވެސް ވަނީ މިހާފުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ރޮޑްރީއާއި ހާލަންޑަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މިމެޗުގައި ސިޓީން އެއްވަރުކުރި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 67 ވަނަ މިނެޓުގައި އެޓީމުގެ ކުޅަދާނަ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ޑިބްރޭނާގެ 14 ވަނަ ލަނޑެވެ.

ސެމީގެ އަނެއް މެޗުގައި މިރޭ ދަންވަރު 12 ޖަހާއިރު އޭސީ މިލާނުން ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ. މިލާން ޑާބީ މިރޭ ކުޅެވޭއިރު މިމެޗު ވެސް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355