ހދ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓެޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި އެވެ.
ދާދި ދެންމެއަކުން އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފާއި ސިޓީ ކައުންސިލުގެ މެމްބަރުންނެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޔުމްނާ ކުޅުދުއްފުށީގެ ސިނަމާ އާއި މިއުޒިއަމް ބައްލަވާލައްވާނެ އެވެ. އަދި ހާލުފޮޅި ހެދުމާއި ރޯނުވެށުމުގެ އިތުރު ތަރިޖެހިގެ ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހދ އަތޮޅު ކައުންސިލާ ބައްދަލުކުރައްވާ ގުޅޭ ދާއިރާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުޅުދުއްފުށީގެ އިތުރުން މިއަތޮޅު ވައިކަރަދޫ އާއި ނޭކުރެންދޫ އަދި މަކުނުދޫއަށް މިދަތުރުފުޅުގައި މިނިސްޓަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.