twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެކްސިޑެންޓެއް ނޫން. އެކަމަކު އެކްސިޑެންޓެއް!

އަބްދުލް ވާހިދު ޙަސަން
Mar 11, 2023
1

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދުގައި މިއަދު ހެނދުނު ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައިފި އެވެ. އޯވާޓޭކްކުރަން އުޅުމުގެ ތެރޭގައި ހިނގި މި އެކްސިޑެންޓްގައި އެވަގުތު ސައިކަލުގައި ތިބި ތިން މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއްވި އެވެ.

އެގޮތުން އެކަކަކު މައިބަދައަށް އަނިޔާވެފައިވާއިރު ދެ ތިބި ދެ މީހުންނަށްވެސް އެކި ވަރުގެ ޒަހަމުތައް ލިބިފަ ހުއްޓެވެ. އެކަމަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ އިތުރު މައުލޫމާތު މިވަގުތަކުނެތެވެ. އެކަމަކު މިއީ އަސްލު އެކްސިޓެންޑެއް ނޫނެވެ.

މިއީ އަސްލު އެކްސިޑެންޓެއް ނޫން. ފަހިރާސްތާ!

މިއީ އަސްލު އެކްސިޑެންޓެއްގެ މަންޒަރެއް ނޫނެވެ. ރައްކާތެރިގޮތުގައި މަގުތައް ބޭނުންކުރުމުގައި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި އެމްއާރުސީން ކުޅެފައިވާ މަންޒަރެކެވެ. އާންމުގޮތެއްގައި ގިނަ އެކްސިޑެންޓްތައް ހިނގަނީ ފަރުވާކުޑަކޮށް ނުވަތަ ގަވައިދާ ހިލާފަށް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގަ އެވެ. އެހެންވެ މި މަންޒަރަކީވެސް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ހިންގާފައިވާ ނުރައްކާތެރި އެކްސިޑެންޓެއްގެ މަންޒަރު ދައްކުވައިދޭ ސީން އެކެވެ.

"ފަހިރާސްތާ" ޕްރޮގުރާމު ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ސިޓީ ކައުންސިލް މެމްބަރު ރިލްވާނު މުހައްމަދު ވިދާޅުވީ، މަގުތަކަކީ ފުރިހަމައަށް ހެދި، ނިޝާންތައް ޖެހިފައި ހުރި މަގުތަކަށް ނުވިކަމުގައިވިޔަސް އެންމެންގެ ރައްކާތެރިކަމަށްޓަކާ މަގުތަކުގެ ބޭނުން ރައްކާތެރިގޮތުގައި އެންމެންހާ ފަރާތްތަކުންވެސް ހިފަން ޖެހޭ ކަމަށެވެ.


އޭނާ ވިދާޅުވީ، ސްކޫލުތައް ކައިރީގައި ޕާރކިންގ ޒޯންތަކާއި ޒިބްރާކުރޮސް ފަދަ ނިޝާންތައް ވިހާވެސް އަވަހަށް ކުރެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މަގުމަތީގެ ގަވައިދުތަކަށް އާންމުން ހޭލުންތެރިކުމަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގައި މިމަހުގެ 16 ގެ ނިޔަލަށް ކުޅުދުއްފުށީގައި ކުރިއަށްގެންދާއިރު ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ޓްރެފިކް މޮނިޓާސް. ޕްރޮގުރާމެއް ވަނީ ފަށާފަ އެވެ. އެ ޕްރޮގުރާމުގައި މަގުމަތީގައި ދުއްވާ އުޅަނދުތައް މެނޭޖްކޮށް ގަވައިދުތަކާއި އެގޮތަށް ޕާރކްކުރަން ދަސްކޮށްދިނުމާއި މަގުމަތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުން ހިމެނެ އެވެ.

މި ޕްރޮގުރާމުގައި ދަރިވަރުންނާއި އާންމު ހޭލުންތެރިކުރުމުގައި ފުލުހުންނާއެކު އެމްއާރުސީވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެކްސިޑެންޓެއް ހިނގައިފިނަމަ ޒަހަމުވެފައި އޮންނަ މީހާއަށް ފަސްޓްއެއިޑް ފޯރުކޮށްދިނުމާއި އަދި ޒަހަމުވެފައިވާ މީހާ އެތަނުން އަނެއް ތަނަށް އުފުލާނެ ގޮތް އެމްއާރުސީ ކިޔައިދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355