twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގުން މައިކްރޮސޮފްޓް ސޮލިއުޝަން ރާއްޖެއަށް ތައާރަފު ކުރަނީ

ނަބީލާ އިސްމާޢީލް
Mar 13, 2023

ދިރާގާއި "އެޗް ވަން" ސްރީލަންކާ ގުޅިގެން ރާއްޖޭގެ މާކެޓަށް މައިކްރޮސޮފްޓް ސޮލިއުޝަންތަކެއް ގެނައުމަށް ނިންމައިފި އެވެ.

"އެޗް ވަން" އަކީ ސްރީލަންކާގެ ލީޑިން ޓިއާ 1 މައިކްރޮސޮފްޓް ލައިސަންސިން ސޮލިއުޝަންސް އަދި ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެކެވެ.

މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އުފެއްދުންތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި މޮޑަން ވާކް ކްލައުޑް، މޮޑަން ވާކް ސެކިއުރިޓީ، އެޕްސް އެންޑް އިންފްރާ (އަޒުއާ)، މޮޑަން އެޕް ޑިވެލޮޕްމަންޓް އަދި ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓް ޓެކްނޮލޮޖީތައް ހިމެނެ އެވެ.

މި ހިދުމަތާއި ގުޅޭ ގޮތުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތަކަށް ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމުގަ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ދެކުންފުނީގެ ތަޖުރިބާއާއެކު ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުން. މި ޕާޓްނަރޝިޕް މެދުވެރިކޮށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް އަޅުގަނޑުމެން ދީފައިވާނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ހިދުމަތް ފޯރުކޮށްދިނުމަށް،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު/ގްރޫޕް ޗީފް އެގްޒެކެޓިވް އަދި އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ ވިދާޅުވި ގޮތުގައި މި ޕާޓްނާޝިޕަކީ ރާއްޖޭގެ މާކެޓުގައި ބައިވެރިވުން ފުޅާކުރުމަސް އެޗް ވަންއަށް ލިބުނު ކުރިއެރުމެކެވެ.

"މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާއާ ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާއެކު އޮންނަ ގުޅުމާއިއެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް އެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ސުޕުން ވީރަސިންހަ ވިދާޅުވި އެވެ.

އެޗް ވަންގެ ޑިރެކްޓަރު / ޗީފް އެގްޒެކެޓިވް އޮފިސަރު ވެނޫރާ މެންޑިސް ވިދާޅުވީ ދިރާގުގެ މާކެޓް ރީޗް ވަރުގަދަ ކަސްޓަމާ އެންގޭޖްމަންޓް އަދި ކޮމްޕްލިމެންޓްރީ އައިސީޓީގެ ހިދުމަތްތަކާއެކު މައިކްރޮސޮފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދިމާވާ ވިޔަފާރީގެ ގޮންޖެހުންތަކަށް ސީދާ ހައްލުތަކެއް ފޯރުކޮށްދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އިތުރު ހައްލުތަކެއް ހޯދައިދިނުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރުކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355