twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސަރުކާރު އޮފީސްތަކުގެ ކްރެޑިޓް ކާޑު ބޭނުންކުރުމާ ބެހޭ އުސޫލް އާންމުކޮށްފި

Mar 13, 2023

ސަރުކާރު އޮފީސްތަކަށް ކްރެޑިޓް ކާޑު ބޭނުން ކުރެވޭނޭ އުސޫލް ދައުލަތުގެ މާލީ ވުޒާރާއިން މިއަދު އާއްމުކޮށްފިއެވެ.

ފިނޭންސް މިިނިސްޓްރީން އިއްޔެ ވަނީ ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރުމާ ބެހޭ އުސޫލު އެކުލަވާލައި ގެޒެޓްކޮށްފަ އެވެ. އިއްޔެއިން ފެށިގެން މި އުސޫލަށް އަމަލުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ އޮފީސްތަކަށް ކްރެޑިޓް ކާޑް ބޭނުންކުރެވޭނޭ މަގު ތަނަވަސް ކޮށްދީފައި މިވަނީ، ދައުލަތުގެ އޮފީސްތަކުން ބަޖެޓް ކޮށްފައިވާ ކަންތައްތަކާއި، ހުއްދަކޮށްފައިވާ ހަރަދުތައް ކުރުމަށް ކްރެޑިޓް ކާޑުން ހިދުމަތް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިފަދަ އުސޫލެއް އެކުލަވާލުމުގެ މަޤްސަދަކީ ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުއާމަލާތްތައް، އޮންލައިން ބޭންކިން ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެފަދަ ހިދުމަތެއް ލިބިގަތުމުގެ ފުރުސަތު ދައުލަތުގެ އޮފީސްތަކަށް ހޯދައިދިނުމެވެ.

ކްރެޑިޓް ކާޑު އުސޫލްގައި ވާގޮތުން ކްރެޑިޓް ކާޑެއް ހައްދާނަމަ، ކާޑު ހައްދަން އެދޭ ބޭނުމާއި މަޤްސަދު ބަޔާންކުރުމާއި، ބޭނުންވާ ކްރެޑިޓް ލިމިޓާއި، ވަކިވަކި ބޭނުންތަކަށް ހަރަދުވާނޭ އަދަދުގެ ތަފްސީލް ބަޔާންކުރަން ޖެހެއެވެ.

ކްރެޑިޓް ކާޑުގެ ހަދަން ބޭނުންވާ ސަރުކާރުގެ އޮފީސްތަކުން ފިނޭންސް މިނިސްޓްރީ އަށް ފޯމު ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ހެދި އުސޫލުގައި ވަނީ ކާޑު ހަދަން ހުއްދަ ދޭނެ ގޮތާއި ކާޑު ބޭނުންކުރެވޭނެ ގޮތާއި ކާޑު ބޭނުންކުރުމުގެ ހުއްދަ ދެވޭނެ މީހުންނާއި ކާޑުން ކުރެވޭނެ ހަރަދުތަކާ އަދި އުސޫލާ ހިލާފުވުމުން ފިޔަވަޅު އަޅާނެ ގޮތް ވެސް ބަޔާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355