twitterviber whatsapp telegramfacebookyoutube instagram
2nd August 2026

އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދައިފި

މުޙައްމަދު އަހުމަދު
Mar 20, 2023

ހޭންޑްބޯލް މޯލްޑިވްސް އިންޓަ އޮފީސް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2023 ގެ ޗެމްޕިއަންކަން ކޭޕީއާރްސީ ބަލިކޮށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ހޯދައިފި އެވެ.

ޑަބްލިއު ސްޕޯޓްސް އެކަޑަމީން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ މިމުބާރާތުގެ ފައިނަލުގައި ކުޅުދުއްފުށީ ޕޯޓް ރެކްރިއޭޝަން ކުލަބް 2 - 0 ން ބަލިކޮށް ތަށި ހިއްލާލީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުންނެވެ.

ފުރަތަމަ ޕީރިއަޑް ކަސްޓަމުން ގެންދިޔައީ 17 - 16 ންނެވެ. އަދި ދެވަނަ ޕީރިއަޑް ގެންދިޔައީ 15 - 14 ންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަސްޓަމުގެ ޖޯޒީ ނަމްބަރު 10 ފަތުހުﷲ އާދަމް އެވެ.

74 ޕޮއިންޓާއެކު މިމުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ސްކޯރާގެ މަގާމު ވެސް ހާސިލްކުރީ ކަސްޓަމުގެ ފަތުހުﷲ އާދަމް އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ކަސްޓަމްސް އާރްސީގެ ފަތުހުﷲ އާދަމް، އަހްމަދު އަލީ އަދި އަހްމީމް އަލީގެ އިތުރުން ކޭޕީއާރްސީގެ އަބޫބަކުރު އަލީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355