އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.
ބޮޑު ތައްޓަކަށް ބަޓަރާއި ތިން ސަމުސާ ހަކުރާއި އެސެންސް އަަޅާފައި ރަނގަޅަށް މިކްސް ކުރާށެވެ. ބަޓަރު ރަނގަޅަށް މިކްސްވެލީމާ އޭގެ ތެރެއަށް ފުއް އަޅާފައި މިކްސްކޮށް މޮޑެލާށެވެ. އެއަށް ފުއްގަނޑު ޓްރޭއެއްގެ ތެރެއަށް އަތުރާލާފައި 20 މިނިޓް ވަންދެން އަވަނުގައި 160 ޑިގްރީގައި ފިހެލާށެވެ.
އެއަށް ފަހު އުނދުންމަތީގައި ބަހައްޓައިގެން ވައިޓް ޗޮކްލެޓް ދެ މިނިޓެއްހާ އިރު ވިރުވާލުމަށް ފަހު ނަގާށެވެ.
ދެން ކުރިން އެހެން ތައްޓެއްގެ ތެރޭގައި ޗީޒާއި ބާކީ ހުރި ހަކުރު އަޅާފައި ރަނގަޅަށް ބީޓް ކުރާށެވެ. ދެން އޭގެ ތެރެއަށް ފަހަރަކު ބިހެއް އަޅާފައި، ވިރުވާފައި ހުރި ވައިޓް ޗޮކެލްޓް އަޅާށެވެ. އެއަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށް ފަހު ކުރިން ފިހުނު ކްރަސްގެ ތެރެއަށް ޗީޒް މިކްސިންގަނޑު އޮއްސާލުމަށް ފަހު، 50 މިނިޓް ވަންދެން، 160 ޑިގްރީގައި ފިހާށެވެ. ރަނގަޅަށް ފިހެވުނީމާ ސްޓޯބެރީ ނުވަތަ ރާސްބެރީ ކޭކްގެ މަތީގައި އަތުރާލާފައި ފްރިޖްގައި ހަތަރެއް ނުވަތަ ފަސްގަޑި އިރު ބާއްވައިގެން ފިނި ކުރާށެވެ.