twitterviber whatsapp telegramfacebookyoutube instagram
4th September 2025

އުރީދޫއިން ކޮންމެ ހުކުރު ދުވަހަކު އާންމުންނަށް ރޯދަވީލުން ދެނީ

Mar 26, 2023

މި ރަމަޟާން މަހުގެ ކޮންމެ ހުކުރުދުވަހެއްގައި އުރީދޫ މޯލްޑިވްސް އިން އާންމުންނަށް ރޯދަވީއްލުމެއް ދޭން ނިންމައިފިއެވެ.

އުރީދޫއިން މި ރޯދަމަހު ފެށި 'ކޮމިއުނިޓީ އިފްތާރު' ޕްރޮގްރާމްގެ ދަށުން މިދިޔަ ހުކުރުދުވަހު ވަނީ މާލޭގައި ބޮޑު ރޯދަވީއްލުމެއް ބާއްވާފައެވެ.

މި ރޯދަވީއްލުން އޮތީ ސަލްމާން މިސްކިތުގެ ގޯތިތެރޭގައެވެ. ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ބައިވެރިވެވޭ ގޮތަށް ބޭއްވި މި ރޯދަވީލުމަށް ކާބޯތަކެތި ފޯރުކޮށްދެނީ ލެސޫ ރެސްޓޯރެންޓުންނެވެ.

އުރީދޫއިން އާންމުމަށް ދޭ މި ރޯދަވީއްލުންތައް ކުރިޔަށް ގެންދާނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެންނެވެ. ރޯދަ ވީއްލުމުގެ އިތުރުން އުރީދޫއިން ވަނީ މި ރޯދަމަހު 'މިޝަން ފޯ މައިގްރެންޓް ވޯކާސް' ގެ ނަމުގައި އެމްފައިސާ މެދުވެރިކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް މީލްޕެކް ހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355