twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކޭއޯ ރޯދަ ބަދިގެ: ހަނޑުލު ފޮޅި

ނަބީލާ އިސްމާޢީލް
Mar 28, 2023

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުންވާނެ ތަކެތި:

  • 1/2 1 ޖޯޑު ހަނޑޫ (ފެނު އަޅާފަ ފޯކޮށްފަ/ މިކްސްސަރުން ހިމުންކޮށް މުގުރާލާފަ)
  • 1 ޖޯޑު ކާށި ހުނި
  • 1 ބޮޑު ފިޔާ
  • ހިކަނދި ފަތް
  • 3 ކޯޅި މުރަނގަފަތް (ކޮށާފަ)
  • ގިތިޔޮ މިރުސް (ރަހަ ބޭނުންވާ ވަރަށް)
  • 1 ސ ސަމްސާ ލޮނުމެދު ހިމުންކޮށް ގާނާލާފަ
  • 1 ސ ސަމްސާ އިނގުރު ހިމުންކޮށް ގާނާލާފަ
  • 1 ސ ސަމްސާ ދިރި
  • 1/2 ސ ސަމްސާ ރީނދޫ
  • 3 މ ސަމްސާ ރިހާކުރު
  • 1 ލީލީ ވަޅޯމަސް (ކުޑަ)
  • 5 ބިސް
  • 1 ފަޅި ލުނބޯ
  • ރަހަ ލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:

ފިޔާ، މިރުސް، ލޮނުމެދު، އިނގުރު، ދިރި، ހިކަނދިފަތް، ރީނދޫ އަދި ލޮނު، ލުނބޯ ހުތް އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މަސް، އަޅާ ކުރިން މޮޑެލި ފިޔާގަނޑާއެކު މޮޑެލުމަށްފަހު ރިހާކުރު، އަދި ހުނި އަޅާ މޮޑެލާށެވެ. ދެން ހަނޑޫ ފުއްކޮޅު އެއްކުރުމަށްފަހު ބިސް އެއްކޮށްލާ ރަނގަޅަށް ގިރާލާފަ މުރަނގަ ފަތްކޮޅު އަޅާލާށެވެ.

ތަތްނުލަވާ ތަވައެއްގެ ތެރެއަށް ތެޔޮފޮދެއް ނުވަތަ ބަޓަރު އެޅުމަށްފަހު ހޫނު ކުރާށެވެ. ގާތްގަނޑަކަށް 2 މިނެޓު ހޫނު ކުރަން ޖައްސާފައި ބައިންދާށެވެ. އުނދުޅިއެއް ނުވަތަ ބޭނުންވާވަރު ބޮޑު ސަމުސަލެއް ބޭނުންކޮށްގެން މިކްސް ކުރި ތަކެތިން ތަވައަށް ފަހަރަކު ބައެއް ފިހަން ލާށެވެ. އުނދުޅިއެއް ނުވަތަ ބޮޑު ސަމުސަލެއް ބޭނުން ކުރުމުން ސައިޒުން އެއްވަރުގެ ފޮޅި ތައްޔާރު ކުރެވޭނެ އެވެ. ތަވައަށް އެޅުމަށްފަހު މަޑުމަޑުން ވައްކޮށް ފަތުރައިލާށެވެ.

ތަވައަށް އަޅާފައި ހުރި މިކްސް ރަނގަޅަށް ފިހެވެން ދެން ބަހައްޓާށެވެ. ރަނގަޅަށް ދައްފަޅި ފިހެވުމުން އަނެއް ފަޅިއަން ޖަހާށެވެ. ނުވަތަ ފަތްޖަހާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355