twitterviber whatsapp telegramfacebookyoutube instagram
13th August 2026

ކޭއޯ ރޯދަ ބަދިގެ: ޗީޒް ކަޓްލަސް

Mar 29, 2023

ބޭނުންވާ ތަކެތި:

  • 10 އަލުވި (ފެނުކައްކާ މަޑުކޮށްފަ)
  • 200 ގުރާމް ޗީޒް
  • 2 ބޮޑު ފިޔާ (ކޮށާފައި)
  • ކޮތަނބިރި ފަތްކޮޅެއް (ކޮރިއަންޑާ) (ބޭނުން ނަމަ)
  • ރަހަ ލާ ވަރަށް ލޮނުކޮޅެއް
  • 1 ލުނބޯ
  • 2 ދަޅު މަސް
  • ހިކަނދިފަތް
  • ½ ސ ސަމުސާ ތެޅި މިރުސް / މުގުރި މިރުސް
  • ½ ސ ސަމްސާ މުގުރި އަސޭމިރުސް
  • ތެޔޮ (ތެލުލުމަށް)
  • ފާރޮށި ކުނޑި
  • ބޭނުންވާ ވަރަކަށް ބިސް (ތަޅާފައި)

ތައްޔާރުކުރާނެ ގޮތް:

ޗީޒްކޮޅު ގާނާލާށެވެ. އަދި، ބޮޑު ތައްޓެއްގެ ތެރެއަށް ޗީޒްކޮޅާއި، ލޮނު، ލުނބޯ، ހިކަނދިފަތް، ތެޅި މިރުސް، އަސޭމިރުސް، ފިޔާ އަދި ކޮތަނބިރި ފަތްކޮޅު އަޅާލާމޮޑެލާށެވެ. ދެން، އޭގެ ތެރެއަށް މަސްކޮޅުއަޅާ ރަނގަޅަށް މޮޑެލުމަށްފަހު އަލުވިކޮޅު އަޅާލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ.

ދެން، އޭގެން ގުޅަ ހެދުމަށްފަހު، ބިސް ތަޅާފައިވާ ތައްޓެއްގެ ތެރެއަށް ލުމަށްފަހު ނަގާ ފާރޮށި ކުނޑި ހާކާށެވެ. ދެން، ތެޔޮ ތާހުގެ ތެރެއަށް ލުމަށްފަހު ރަނގަޅަށް ތެލުލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355