twitterviber whatsapp telegramfacebookyoutube instagram
23rd October 2025

ކޭއޯ ރޯދަ ބަދިގެ: ލެމަން ބަޓަރ ކޭކް

ނަބީލާ އިސްމާޢީލް
Mar 30, 2023

ބޭނުންވާ ތަކެތި:

  • 1 ¾ ޖޯޑު ފުށް
  • ½ ސަމްސާ ބޭކިން ޕައުޑަރ
  • އަންސޯލްޓެޑް ބަޓަރ (250 ގްރާމް)
  • 1 ޖޯޑު ހަކުރު
  • 5 ބިސް
  • 1 ދޮން ލުބޯގެ ތޮށި ގާނާފައި
  • ¼ ޖޯޑު ކިރު
  • 1 ސަމްސާ ވެނީލާ އެސެންސް
  • 2 ސަމްސާ ލެމަން ޖޫސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަންސޯލްޓެޑް ބަޓަ އަދި އަދި ހަކުރު އަޅާލުމަށްފަހު މިކްސްޗަރުން ރަނގަޅަށް ގިރާލާށެވެ. ދެން ބިސް އަޅާލުމަށްފަހު ގިރާލާށެވެ. ދެން އެއަށްފަހު ފުށް އަޅާމުން ގިރަމުން ގެންދާށެވެ. ދެން ގާނާފައި ހުރި ލުބޯ ތޮށި، ކިރު، ވެނިލާ އެސެންސް، ބޭކިން ޕައުޑަރ އަދި ލެމަން ޖޫސް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ޓްރޭއަކަށް އަޅާލުމަށްފަހު ކޭކް ރަނގަޅަށް ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355