twitterviber whatsapp telegramfacebookyoutube instagram
7th July 2025

ކޭއޯ ރޯދަ ބަދިގެ: މެގްނަމް ޕުޑިން

ނަބީލާ އިސްމާޢީލް
Mar 31, 2023

ބޭނުންވާ ތަކެތި:

  • 1 ދަޅު ގެރިކިރު
  • 1 ޕެކެޓު މާރީ ބިސްކޯދު
  • 1 މ ސަމުސާ ބަޓަރު
  • 4 މ ސަމުސާ ކޯން ފްލަރ (ޒުވާރި ފުށް)
  • 1 ޕެކެޓު ކިރު (ފުލް ކްރީމް މިލްކް)
  • 1 ވައިޓް ޗޮކްލެޓް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސް، ގެރިކިރު، ބަޓަރ އަދި ކޯން ފްލަރ މިކްސަރަކަށް އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން ތެއްޔަކަށް މިލްކު ޕެކެޓު އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ހޫނުވުމުން ކުރިން ގިރި ފުށްކޮޅު ތެއްޔަށް އެޅުމަށްފަހު މަޑުމަޑުން އެއްކުރަމުން ގެންދާށެވެ. ރަނގަޅަށް އޮލަވާން ފެށުމުން ޓްރޭއެއްގެ ތެރޭގައި މާރީ ބިސްކޯދުތައް ފަތުރާލާށެވެ. އޭގެ މައްޗަށް ގިރާލި ބައި އަޅާލާށެވެ. ދެން އަނެއްކާވެސް އޭގެ މަތީގައި ބިސްކޯދު ފެތުރުމަށްފަހު، އަދި އެއް ލޭޔަރއަށް އަޅާށެވެ. އޭގެ މައްޗަށް ވައިޓް ޗޮކޮލެޓު ގާނާފައި އަޅާލާށެވެ. މެގްނަމް ޕުޑިން އެންމެ މީރު ވާނީ ފިނިކޮށްލައިގެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355