ކުޅުދުއްފުށީ ރަށްމަތިފަންނު މައިޒާނުގައި ދެ ފުޑް ކިއޮސްކް ހިންގުމަށް ބިން ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ. ފުޑް ކިއޮސްކް ހެދުމުގެ މައިގަނޑު މަގުސަދަކީ ސިޓީ ކައުންސިލަށް އާމްދަނީ ލިބޭނެ މަގުފަހިކުރުމާއި ރަށުގައި އެފަދަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.
މިދިޔަ ބުދަދުވަހު ސިޓީ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި އެޖެންޑާއަށް ހުޅުވާލަމުން މޭޔަރު އާތިފް ވިދާޅުވީ، އެކަމަށް ބޭނުންވާ ބިން ދޫކުރާތާ ތިންމަސްތެރޭގައި ހިދުމަތް ދޭން ޖެހޭނެ ކަމަށެވެ. އަކަފޫޓަކަށް ހަތަރު ރުފިޔާގެ މަގުން 375 އަކަފޫޓްގެ ދެ ބިން އެ ވިޔަފާރިއަށް ދޫކުރަނީ ރަށްމަތިފަނުންގެ ދެކޮޅުން ކަމަށެވެ.
އެކަމަކު ބަހުސް މަރުހަލާގެ ތެރޭގައި އަކަފޫޓަކަށް ފަސް ރުފިޔާ ނަގަން ކައުންސިލަރު މުހައްމަދު ދާއޫދު ހުށަހެޅި ހުށަހެޅުން ކައުންސިލަރު މެމްބަރުންގެ އިއްތިފާގުން ފާސްވުމުން މިހާރު އޮތީ އަކަފޫޓަކަށް ފަސް ރުފިޔާގެ މަގުން ބިން ދޫކުރާގޮތަށެވެ.
މި ޖަލްސާގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ކައުންސިލަރު ރިލްވާން މުހައްމަދު ވިދާޅުވީ ރަށްމަތިފަންނު ބޭނުންކުރާ ފަރާތްތަކުން އާއިލާ ގެދަރިންގ އެންމެ ފަސޭހަކޮށް ބާއްވާލެވޭނެ ގޮތަށް ފުޑް ކިއޮސްކް ފަށާއިރު ކައުންސިލުން އިސްކަން ދެނީ މި ކަހަލަ ވިޔަފާރިއެއް ފަށާ ފަރާތްތަކަށް އެންމެ ފަސޭހަވާނެ ގޮތްތަކަށް މިކަން ކުރެވޭނެ އިންތިޒާމްކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ އެހެންވުމުން ބިން ދޫކުރަން ހުޅުވާމިލަނީ ފުދޭވަރަކަށް ކުޑަ އަގެއްގަ ކަމަށެވެ. ފުޑް ކިއޮސްކްގެ ބިން ދޫކުރަނީ 5 އަހަރުގެ މުއްދަތަކަށެވެ. މިތަން ގާއިމުކުރަނީ ސިޓީ ކައުންސިލުން ދޭ ކުރެހުމަކާ އެއްގޮތަށެވެ. ސިޓީ ކައުންސިލުން ތަރައްގީކުރި ރަށްމަތިފަންނަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހިތްހަމަޖައްސާލަން ދާން މައިޒާނެކެވެ. ފަހަކަށް އައިސް މިތަނުގައި އަންނަނީ ޖަލްސާތަކާއި ރަސްމިއްޔާތުތައްވެސް ބާއްވަމުންނެވެ.