twitterviber whatsapp telegramfacebookyoutube instagram
19th September 2024

ހަނިމާދޫ އެއާޕޯޓް ޖީއެމްއާރަށް ނުދީ އަލުން ބީލަމަށް

Jun 5, 2011

ހދ ހަނިމާދޫ އެއާޕޯޓް ޖީއެމްއާރު ކުންފުންޏަށް ނުދޭ ގޮތައް ނިންމައި އަލުން އެއެއާޕޯޓް ތަރައްޤީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރު ކުންފުންޏަށް ދޭގޮތަށް ކުރިން ނިންމާފައިވާ ހދ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް ހިންގުމަށްޓަކައި ސަރުކާރުން އެ ކުންފުންޏާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ 2009 ގައެވެ. ހަނިމާދޫ އެއާޕޯޓާއެކު އުތުރުގެ ސަރަހައްދުން 6000 ޓޫރިސްޓު އެނދު ތަރައްޤީ ކުރުމުގެ ފުރުޞަތު ދޭ ގޮތަށް ކުރިން ނިންމާފައިވާ ވީނަމަވެސް ގިނަ ދުވަސްތަކެއް ވެފައިވާއިރު އެކަމާބެހޭގޮތުން މާބޮޑު މަސައްކަތްތަކެއް ދިވެހި ސަރުކާރާ އެކުންފުންޏާ ދެމެދު ކޮށްފައެއް ނުވެއެވެ.

ދުވަހު ނޫސް “ހަވީރު” ގައި ރިޕޯޓުކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ ސަރުކާރާ ޖީއެމްއާރާ ދެމެދު އެއްބަސްވެފައިވާ އެމްއޯޔޫ މިހާރު ބާތިލުވެފައިވާ ކަމަށެވެ. އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މަހްމޫދު ރާޒީ ހަވާލާދީ ހަވީރު ނޫހުގައި އިތުރަށް ބުނެފައިވަނީ މިހާރު ހަނިމާދޫ އެއާޕޯޓު އޮތީ ޖީއެމްއާރަށް ދޭގޮތަކަށް ނޫން ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުޞަތު ހުޅުވާލާފައި ކަމަށެވެ.

ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ފުރުޞަތު ޖޫން މަހުގެ 12 ގައި ހަމަވާއިރު މިފަހަރު ސަރުކާރުން ނިންމާފައިވަނީ ހދ ހަނިމާދޫ އެއާޕޯޓު ތިން ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީ ކުރުމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ހަމަޖައްސާފައި ވަނީ އާދައިގެ ކުދި ބޯޓު އޮޕަރޭޓްކުރާ ވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގަ އެވެ. ދެވަނަ ފިޔަވަހީގައި އޭ 320 ގެ މެދު ސައިޒުގެ ބޯޓްފަހަރު ޖެއްސޭވަރަށް އެއާޕޯޓް ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވާއިރު ބޯއިން 747 – 400 ގެ ބޯޓްފަހަރު ޖެއްސޭވަރަށް ތަރައްގީކުރާނީ ތިން ވަނަ ފިޔަވަހީގަ އެވެ.

ކުރިން 6000 އެނދު އެއާޕޯޓާއެކު ލިބޭގޮތަށް ރާވާފައިވާ އެމަޝްރޫއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މިފަހަރު އެއާޕޯޓް ތަރައްޤީ ކުރާ ފަރާތަކަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 25 ޑޮލަރަށްވުރެ ބޮޑު ނޫން އަދަދެއްގެ ފީއެއް ނަގަން ހަމަޖައްސާފައިވެއެވެ. އަދި އޭގެ އިތުރުން މަތި އުތުރު ސަރަހައްދުން ރިސޯޓެއް ތަރައްޤީ ކުރާނެ ރަށެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

ސަރުކާރާ ޖީއެމްއާރު ކުންފުންޏާއެކު ހދ ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރުމަށް އެމްއޯޔޫ އެއްގައި ސޮއިކުރުމުގެ ދުވަސްކޮޅެއްފަހުން އެކުންފުންޏަށް ސަރުކާރުންވަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކޮށްފައެވެ. އަދި އޭރު ޖީއެމްއާރުން ބުނެފައިވަނީ ހދ ހަނިމާދޫ ޕްރޮޖެކްޓް ކުޑަކޮށްލައިގެން ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ. ދާދި ފަހުން އެމްޑީޕީގެ މަތިއުތުރު ސަރަހައްދުގެ ދާއިރާތަކުގެ ރައީސުން ވަނީ އުތުރުގެ ތަރައްޤީއަށް މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިއްމު ކަމަކީ ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުންކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355