ތަވަޔަކަށް ތެޔޮ ފޮދު އަޅައި ހޫނުކޮށްލުމަށްފަހު ފިޔާ އަދި ލޮނުމެދު އަޅާފައި ފިޔާކޮޅު ވަޅޯވުމުން ލަންޗްއެންމީޓް ކޮޅު އަޅައި އެއްކޮށްލާށެވެ. ލަންޗްއެންމީޓް ކޮޅު ހަނާ ވަންދެން ބަހައްޓާލާށެވެ. ރާޅު މުގުރި މިރުސް އަދި ޗިލީ ސޯސް އަޅާލުމަށްފަހު 2 މިނެޓް ވަންދެން ކައްކާލާށެވެ. ދެން ކިއުކަމްބާ ކޮޅު އަޅާލުމަށްފަހު ކިއުކަމްބާ ކޮޅު މަޑުވުމުން އުނދުން ނިވާލުމަށްފަހު އެއްކައިރީގައި ބަހައްޓާށެވެ.
2 ޕާން ފޮތި އެއްކޮށްލުމަށްފަހު ރޮށިދަމާ ގޮތައް ދެ ފޮތި އެކޮށް ދަމާލާފަ ވަށް ކުކީކަޓާއަކުން ނުވަތަ ވަކޮށް ކެފޭ އެއްޗަކުން ކަފާލާށެވެ. ދެ ފަޅި ތަން ނުވެ ހުރިނަމަ ފެންކޮޅެއްލާ ދެފަޅި ރީތިކޮށް ތަތްކޮށްލާށެވެ. ބިސްކޮޅެއް ހާކާލުމަށްފަހު ފާރޮށިކުނޑި ހާކާލާފައި ރަންކުލަ އަރަންދެން ތެލުލާށެވެ. އަދި ތެލުލެވުމުން ނަގާ އެއްކައިރީގައި ހިހޫ ކޮށްލަން ބަހައްޓާށެވެ. ހިހޫވުމުން ނަގާ ޕާންތައް މެދުން ކަފާލާފައި ފާންފޮތި ހުޅުވާލާފަ ސަބްމެރިން ސޯސް ހާކާލާ ޕޮކެޓްގެ ތެރެއަށް ކުރިން ހެދި ލަންޗްއޮން މީޓް ކޮޅު އަޅާލާށެވެ. އޭރުން ތިހުރީ ބްރެޑް ޕޮކެޓް ތައްޔާރުކޮށް ނިމިފައެވެ.