twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އުރީދޫ ބޮކި ބޯޅަ މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Apr 3, 2023

އުރީދޫ މޯލްޑިވްސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޮކި ބޯޅަ މުބާރާތުގައު ބައިވެރިވާން ރެޖިސްޓަރވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަ ފުޓްބޯޅައެވެ. މި މުބާރާތް އިންތިޒާމްކޮށްފާވަނީ އުރީދޫގެ ބްރޭންޑް އެމްބަސަޑަރު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އެކުގައެވެ.

ބަމްޕަ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދުމަށް ކުންފުނިތަކަށް މިހާރު އުރީދޫގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ރެޖިސްޓްރީވުމަށްhttp://ore.do/bokiboalhaޒިޔާރަތްކުރުމުން ރަޖިސްޓްރީވެވޭނެއެވެ.

މި މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވާއިރު، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 6 އޭޕްރީލް އިން 8 އޭޕްރިލް އަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 4 އޭޕްރިލް ވާ އަންގާރަ ދުވަހު މެންދުތު 12:00 ގެ ކުރިން ރެޖިސްޓްރޭޝަން ފުރިހަމަ ކުރަންޖެހޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް އުރީދޫއިން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355