ތެއްޔެއް އުނދުން މައްޗަށް އުދައި އޮލިވް އޮއިލް އަޅައިލާށެވެ. ހޫނުވުމުން ލޮނުމެދު ، ފިޔާ އެއްކޮށް އަޅައިލައިފައި މޯޅިވީމާ ކުކުޅު ކޮޅު އަޅައިލާށެވެ. ކުކުޅުކޮޅު ކެއްކުނީމާ ޓޮމާޓޯ ސޯސް، ޕިއުރީ އަދި ސޯސްގެ ހުރި ބާވަތެއް އެއްކޮށްފައި ސޯސްގަނޑަކަށް ވަންދެން ކައްކާފައި ބޭ ލީވްސްކޮޅު ނަގައިލާށެވެ.
ދެން ބޮޑު ތެއްޔަކަށް ފެން އަޅާފައި އުނދުން މައްޗަށް އުދާލާށެވެ. 1/3 ޖޯޑު އޮލިވް އޮއިލް ވެސް އެއްކޮށްފައި ކެކިގަތީމާ ލަޒާނިއާ ، ފަހަރަކު ސީޓެއް އަޅަމުން ތަތް ނުލަވާ ގޮތަށް އަޅައިފައި މަޑުވަންދެން ކެކުނީމާ ނަގައިފައި އޮލިވް އޮއިލް އެއްކޮށްފައި ބަހައްޓާށެވެ.
ދެން ސޯސްގަނޑު ނަގައިފައި ލަޒާނިއާ ބޭކިން ޓްރޭއެއްގައި ފަހަރަކު ފޮއްޗެއް ލޭޔަރަކަށް އަތުރާލާފައި ސޯސް މަތީގައި ފަތުރާލާފައި މައްޗަށް ޗީޒް އަޅާލާފައި މިގޮތަށް ލޭޔަރު ލޭޔަރަށް ދެބައި ހުސްވަންދެން ހަދައިފައި އެއް ގަޑި އިރުވަންދެން އަވަނުން ފިހެލާށެވެ.