twitterviber whatsapp telegramfacebookyoutube instagram
6th May 2024

ސަރަހައްދީ އިގްތިސާދު ހަލުވިކޮށް، ބަނދަރުތަކުގެ ބޭނުން ހިފޭނެ ގޮތް ހެދުމާ ދެކޮޅަށް ވޯޓް ދެއްވި އުތުރުގެ މެމްބަރުން

އަބްދުލް ވާހިދު ޙަސަން
Apr 5, 2023
1

ރާއްޖޭގެ ސަރަހައްދީ އިގްތިސާދު ހަލުވިކުރުމަށް، ބަނދަރުތަކުގެ ބޭނުން ހިފޭނެ ގޮތްތައް ހޯދައި ދިނުމަށް އެދި ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުއްލަތީފް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލީ ބޮޑުތިލަދުންމަތީގެ މެމްބަރުންގެވެސް ވޯޓާއެކު އެވެ.

މި ގަރާރުގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ޕޯޓާއި ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ހުޅުވުމަށްފަހު ގެންނަންޖެހޭ އުމުރާނީ ކުރިއެރުން ފާއިތުވި މުއްދަތުގައި ގެނެވިފައިނުވާ ކަމަށެވެ. އަދި ޕޯޓްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގައި ދަތިތައް ދިމާވެފައިވާ ކަމަށެވެ.

ގަރާރު ހުށަހެޅުއްވި ސަބަބަކީ ސަރަހައްދީ ބަނދަރުތަކުގެ ހިދުމަތް ހޯދުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ދެނެގަތުމަށާއި، ވިޔަފާރީތައް ސަރަހައްދުތަކަށް ބެހިގެންދާނޭ ގޮތްތަށް ދެނެގަތުމުގެ އިތުރުން ބަނދަރުތައް ހިންގުމުގައި ގުޅުންހުރި އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށެވެ. އަދި ބަނދަރުތަކުގެ ތަރައްގީގެ ދިގުރާސްތާ ޕްލޭންތަކާއި މަސައްކަތް ދާގޮތް ދެނެގަތުމާއެކު ކުރެވެމުންދާ މަސައްކަތްތަކާއި މިހާރުން މިހާރަށް ކުރެވޭނެ ކަންކަން ދެނެގަތުމަށެވެ.

ޔާސިރުގެ ގަރާރު ބަލައިގަތުމާއި ގުޅޭ ގޮތުން ވޯޓު ދިނީ 24 މެމްބަރުންނެވެ. އަދި ގަރާރު ބަލައިނުގަތުމަށް ވޯޓު ދެއްވީ 29 މެމްމަބަރުންނެވެ. މި ގަރާރު ބަލައިގަތުމަށް ވޯޓް ދެއްވި މެމްބަރުންގެ ތެރޭގައި ހިމެނެނީ ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ އެންމެ ތިން މެމްބަރުންނެވެ.

އެއީ ގަރާރު ހުށަހެޅުއްވި ޔާސިރު އަބުދުލްލަތީފްގެ އިތުރުން ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

* ގަރާރު ބަލައިގަތުމާ ދެކޮޅަށް ވޯޓްދެއްވި ބޮޑުތިލަދުންމަތީގެ މެމްބަރުން ؛

  • ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  • އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
  • ކެލާ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް
  • ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުއްގަފޫރު މޫސާ
  • މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
  • ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
  • ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު

* ބޮޑުތިލަދުންމަތީގެ މެމްބަރުންގެ ތެރެއިން ވޯޓްގައި ބައިވެރިވެވަޑައިނުގެންނެވި މެމްބަރުން ؛

  • ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބުދުﷲ
  • ދިއްދޫ ދާއިރާގެ މެމްބަރު އަބުދުﷲ ވަހީދު
  • ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބުދުﷲ
  • ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
  • ކަނޑިތީމު ދާއިރާގެ މެމްބަރު އަބުދުﷲ ޝަމީމު



މި ހުށަހެޅުމާ ދެކޮޅަށް ވޯޓް ދެއްވި އަބުދުލްގަފޫރު މޫސާއަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ދެ ދައުރެއްގައި ފުރުއްވާފައިވާ ބޭފުޅެކެވެ. މި ގަރާރު ބޭރުކޮށްލުމާ ގުޅިގެން މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވީ، މި ގަރާރު ބޭރުކޮށްލުމަށް ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ މެމްބަރުން އަދި ހާއްސަކޮށް ހދ އަތޮޅަށް ނިސްބަތްވާ ބައެއް މެމްބަރުން ވޯޓް ދެއްވުމަކީ ދެރަވަރު ކަމެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355