twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މޫލީ މާރުކޭޓުން މޭވާ އާއި ތަރުކާރީ ގެއަށް ޑެލިވަރީ ކޮށްދެނީ

Apr 8, 2023

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީއިން ތާޒާ މޭވާ އާއި ތަރުކާރީ ގެއާއި ހަމައަށް މުޅިން ހިލޭ ޑެލިވަރ ކުރުމުގެ ހިދުމަތް ދިނުމަށް، މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ މޫލީ ޕްލެޓްފޯމްގައި ހިމެނޭ މި އާ ކެޓަގަރީ މޫލީ މާކެޓުގެ ސަބަބުން ފަސޭހަކަމާ އެކު، ގޭގައި އަދި ކޮންމެތާކު ތިބެގެންވެސް ލޯކަލް މާރުކޭޓުން ލިބޭ ތާޒާ މޭވާ އާއި ތަރުކާރީ އޮންލައިންކޮށް ގަނެ، ގެއާ ހަމައަށް މުޅިން ހިލޭ ލިބުމުގެ ފަސޭހަ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. މޫލީ މާކެޓަކީ މި ރޯދަ މަހު ފިހާރަތަކާއި މާރުކޭޓުތަކުގައި ކިޔޫގައި ނުޖެހި ބާޒާރުކޮށްލުމުގެ ފަސޭހަކަން ލިބިގެންދާނެ ހިދުމަތެއް ކަމަށް އުރީދޫން ބުނެއެވެ.

މޫލީ މެދުވެރިކޮށް ލިބެން ހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ލުނބޯ، ފިޔާ، ހިކަނދިފަތް، ކެބެޖް، އަލަނާސި، ބަރަބޯ، އިނގުރުގެ އިތުރުން ފެހި މިރުސް ފަދަ ތަކެތި ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މޫލީ މާކެޓުގައި ލިބެން ހުރި ތަރުކާރީ އާއި މޭވާ ހޯދަނީ ލޯކަލް މާރުކޭޓުގައިވެސް ވިޔަފާރި ކުރާ ފަރާތްތައް ކަމަށްވާ ހެބިޓަސް ފްރެޝް އަދި އެގްރިޒާ މޯލްޑިވްސް ފަދަ ވިޔަފާރިތަކުން ކަަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ކަސްޓަމަރުންނަށް ކިއުގައި ނުޖެހި ކޮންމެތާކުންވެސް ފަސޭހަކަމާއެކު ބާޒާރުކޮށްލުމުގެ ތަޖުރިބާއެއް ހޯދައިދިނުމުގެ ވިސްނުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލާއި ގުޅިގެން މޫލީ މާކެޓް ތައާރަފްކުރުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެ އެވެ.

"މޫލީ މާކެޓާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލޯކަލް މާރުކޭޓުން ތާޒާ މޭވާ އާއި ތަރުކާރީ އޯޑަރުކޮށް، ގެއަށް ހިލޭ ޑެލިވަރީ ކުރުމުގެ ފަސޭހަ ލިބިގެންދާނެ. މޫލީ މަކެޓަކީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށާއި، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ތަސައްވުރާ އެއްގޮތުގެ މަތިން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރެވުނު ހިދުމަތެއް." ހާލިދު އަލް ހަމާދީ ވިދާޅުވީ އެވެ.

މޫލީ މާކެޓާއި ގުޅެން ބޭނުންވާ ވިޔަ ފަރާތްތަކުން [email protected] މެދުވެރިކޮށް މިކަމާ ބެހޭ އިތުރުމައުލޫމާތު ހޯދޭނެ އެވެ.

މޫލީ މާކެޓް މެދުވެރިކޮށް ވިޔަފާރިކުރުމަށްhttp://ore.do/markettodoorstep ޒިޔާރަތްކޮށް އޯޑަރު ކުރެވޭނެ އެވެ. ރާއްޖޭގެކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމުގެ ލުއިފަސޭހަކަން ހޯދުމަށް މޫލީ އިން ދައުވަތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355